ads
ވިނަރެސް ފްލެޓެއްގެ އެތެރެ——ފޮޓޯ:ސަން
ވިނަރެސް ފްލެޓުތައް އެއްކޮށް ނިންމާލެވޭނީ 2023 ގައި: އެޗްޑީސީ
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތަކުގެ ފިނިޝިން ނިމި މަޝްރޫއު އެއްކޮށް ނިންމާލެވޭނީ 2023 ވަނަ އަހަރުގެ އެޕްރީލަށް ކަމަށް އެޗްޑީސީން ބުނެފި އެވެ.

މިދިޔަ އަހަރު އެޗްޑީސީން ލަފާކުރި ގޮތުގައި ވިނަރެސް ފްލެޓުގެ 10 ޓަވަރުގެ މަސައްކަތް މިއަހަރުގެ މެއި މަސްތެރޭ މުޅިން ނިމޭނެ އެވެ. ނަމަވެސް މިއަހަރު ނިމުމަކާއި ގާތްވަމުންދާއިރު އެ ފްލެޓުތަކުގެ ފިނިޝިން އަދި ނުނިމެވެ. 

ވިނެރަސް ފްލެޓުތަކަށް ހުށަހެޅި މީހުންގެ ވަގުތީ ލިސްޓު އާންމުކުރުމަށް މިއަދު އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ކަމަށެވެ. މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް އެޗްޑީސީން މިހާރު އަންދާޒާކުރަނީ އަންނަ އަހަރުގެ އެޕްރީލަށެވެ.

”މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރިލްގެ ނިޔަލަށް ނިމޭނެ ކަމަށް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ، “އާތިފް ވިދާޅުވި އެވެ.

އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭއިރު:

  • ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފަ 
  • ފާހާނާގެ ތަޅުމާއި ފާރުގައި ތަށިމުށި ޖަހައި ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކޮށްފައި ހުންނާނެ 
  • ބަދިގެ ކަބަޑު ސެޓު ވެސް ފާރުގައި ހަރުކޮށްފައި ހުންނާނެ 
  • ބެލްކަނީ ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށް
  • ލިވިން ރޫމާއި ކޮޓަރިތަަކުގައި ވެސް އޭސީ ހަރުކޮށްފައި ހުންނާނެ 
  • އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެ

ވިނަރެސް މަޝްރޫއުގެ 10 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 1،344 ފްލެޓެވެ. މި ފްލެޓްތަކުގައި ހިމެނެނީ 902 އަކަފޫޓާއި 883 އަކަފޫޓުގެ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ. މި ފްލެޓްތައް ގަތުމަށް އޮތް ޝަރުތަކީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވުމާއި، މާލޭގައި ދިރިއުޅޭތާ 15 އަަހަރުވެފައިވާ ވުމެވެ. 

މިއަދު އެޗްޑީސީން އާންމުކޮށްފައިވާ ވަގުތީ ލިސްޓުގައި ވާގޮތުން މި ފްލެޓް ގަތުމަށް ޖުމްލަ 1413 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން 723 މީހަކު ޝަރުތު ހަމަވާއިރު، 691 މީހަކު ޝަރުތު ހަމައެއް ނުވެ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް