ads
ނަޝީދު އަދި ރައީސް ސޯލިހް އެމްޑީޕީ ބައްދަލުވުމެއްގައި——ފޮޓޯ: ސޯޝަލް މީޑިއާ
2022: އެމްޑީޕީ ރިޔާސީ ޓިކެޓަށް ކޯޅުން!
ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ދަފްތަރުން ވަކިކޮށް ގަނޑުބަޑުކުރި ކަމުގެ ތުހުމަތު
ނިމިިދިޔަ 2022 ވަނަ އަހަަރަކީ ސިޔާސީ ހުރިހާ ކުލަވަރެއް ފެނިގެންދިޔަ އަހަރެކެވެ. ނުހަނު އުންމީދާއިއެކު ދެވަނަ ފަހަރަށް ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވެރިކަމަށް އައުމަށްފަހު "ހަނީމޫން" ދުވަސްވަރު ނިމުނުއިރު އޮތީ "ވަރިފަށަށް" އަރާފަ އެވެ. މި ލިއުމުގައި މި ބަލާލަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސިޔާސީ މަޝްރަހުން ފާހަގަކުރެވިގެންދިޔަ މުހިންމު ކަންކަމަށެވެ.

ނުހަނު ނަލަ އެކުވެރި ހިނިތުންވުމަކާއިއެކު، އެމްޑީޕީގެ ރައީސް ނަޝީދު އަދި ޕާޓީގެ ލީޑާރު ރައީސް ސޯލިހު އެއްފޮޓޯގަނޑަކުން ކޮންގްރެސްގައި ފެނުނަމަވެސް، އެދެމެދުގައި އޮތް "ސިއްރު ހިތްހަމަނުޖެހުންތައް" ތިލަވާކަށް މާގިނަ ދުވަހެއް ނުނެގި އެވެ. ކޮންގްރެސްގައި އެކީގައި މަސައްކަތްކޮށް 2023 ހޯދަން ވީ ވައުދަށް މަހެއްވީއިިރު، އަނެއްކާ ވެސް ދެބޭފުޅުންގެ މެދުގައި އޮތް ހިތްހަމަނުޖެހުންތައް ހިލުނެވެ. 

އަނެއްކާ ވެސް ހިތްހަމަނުޖެހުންތައް އުފެދި، ރައީސް ސޯލިހު އާ ވާހަކަ ދައްކަވަންވެސް ބޭނުންފުޅުނުވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލު ކޮށްލެވުމުގެ ގޮތުން ކ. އާރަށުގައި ރައީސް ސޯލިހް ބާއްވާ ހާއްސަ ފަރިއްކޮޅަކަށް ދައުވަތު އަރުވައި އެމްޑީޕީ ވަޓްސް އެޕް ގުރޫޕަށް 16 އޮކްޓޯބަރު 2022 ވަނަ ދުވަހު ދައުވަތުގެ މެސެޖެއް ފޮނުވި އެވެ. އެ ފަރިއްކޮޅުގައި ބައިވެރިވާ މެމްބަރުން އަންގަވައިދެއްވުމަށް އެދިވަޑައިގަތް ފޮނުވި މެސެޖަށް އެވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ކުރެއްވި ރިޕްލައިގައި ވިދާޅުވެފައި ވަނީ، "މާލޭގައި ހުންނެވި ނަމަވެސް އާރުޖޭގެ ޖީއެމް ބައްދަލުވުމަށް ނުދާނަން،" ކަމަށެވެ. 

އަދި ރައީސް ސޯލިހު ވެސް ކަންކަމުގައި މަޝްވަރާކޮށް ވާހަކަ ދައްކަވައިގެން ކަންކަން ކުރަން ބޭނުންފުޅުނުވާއިރު، ރައީސް ސޯލިހު އާއި ވާހަކަ ދައްކަވަން ”އަޅުގަނޑުވެސް ދެން ބޭނުމެއް ނޫން“ ކަމަށް ނަޝީދުގެ ރިޕްލައިގައިވެ އެވެ. 

ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ދަފްތަރުން ވަކިކޮށް ގަނޑުބަޑުކުރި ކަމުގެ ތުހުމަތުތައް

ދެން ކުރަމަތިވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެވެ. ވައުދުތައް ފުއްދުމަށްފަހު ނޫނީ، ދެވަނަ ދައުރަކަށް ނުވިސްނަވާކަމަށް ބުނަމުން އައިސް، ޕްރައިމަރީ އިއުލާން ކުރާއިރަށް އެކަމުގެ ޝައުގުވެރިކަން ރައީސް ސޯލިހުވެސް ފާޅުކުރައްވާ އެކަމާއި ކުރިމަތިލި އެވެ. މަޖުބޫރު ހާލަތެއްގައި ހުރެގެން 2018 ވަނަ އަހަރުގެ ޓިކެޓު ދޫކޮށްލަން ޖެހުމުން، އިތުބާރު ކުރައްވާ ޓިކެޓު ހަވާލުކުރެއްވި އެންމެ ގާތް އެކުވެރިޔާއަށް ދެކޮޅަށް ރައީސް ސޯލިހް ނިކުންނެވީ އެވެ. 

ގަނޑުބަޑުވެފައިވާ ދަފްތަރެއް އޮއްވާ ބާއްވާ ޕްރައިމަރީއެއް އިންސާފުވެރި ނުވާނެ ކަމުގެ ޝަކުވާއަށްފަހުވެސް، ރައީސް ސޯލިހް އާއި ދެކޮޅަށް އެމްޑީޕީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވަން ހުށަހެޅުއްވި އެވެ. ރައީސް ސޯލިހާއި ހިލާފަށް ނަޝީދު އެކަން ކުރައްވާނެ ކަމަށް މާކުރިންވެސް އައީ ވިދާޅުވަމުން ނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ "ބަރާބަރު ފަސް ސަތޭކަ މީހުން"ގެ ތާއިދާއެކު އެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަންބަރު 1 އެވެ. 

ނަޝީދު ތުހުމަތުކުރައްވަނީ، އެމަނިކުފާނަށް ތާއީދުކުރައްވާ 39،000 މެމްބަރަކު ޕާޓީގެ ދަފްތަރުން ވަކިކޮށްފައިވާ ކަމަށެވެ. އަންނަ މަހު 28 ގައި ބާއްވާ އެމްޑީޕީ ޕްރައިމަރީއަށް ނިކުމެވަޑައިގެންނެވީ ރައީސް ސޯލިހާއިއެކު އެމްޑީޕީން ރިޔާސީ އިންތިހާބަށް ނުކުމެއްޖެނަމަ ލިބޭނެ ވޯޓް މަދުވާނެކަން އެނގިވަޑައިގަންނަވާތީ ކަމުގައެވެ. ނަޝީދު ވިދާޅުވާގޮތުން، ރައީސް ސޯލިހަށް 20 އިންސައްތަ ވެސް ނުލިބޭނެ އެވެ. 

ނަމަވެސް، 20،000 އަަށް ވުރެގިނަ މެމްބަރުންގެ ތާއީދާއިއެކު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ސޯލިހް 24 ޑިސެމްބަރ 2022 ފޯމު ހުށަހަޅުއްވި އެވެ. އެމަނިކުފާނަށް ލިބިލެއްވީ ކެންޑިޑޭޓު ނަންބަރު 2 އެކެވެ. ރައީސް ސޯލިހް ވިދާޅުވިގޮތުން އެމަނިކުފާނާއި ރައީސް ނަޝީދު ހިތްޕުޅާ ނުވަނީ ވެރިކަމުގައި ހުންނެވުމުން ނެވެ. އެކަމަކު ދެވަނަ ދައުރެއް އެމްޑީޕީއަށް ލިބޭނީ އެމަނިކުފާނާއި އެކު ކަމަށް ގަބޫލުކުރެވޭތީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް 50 އިންސައްތަ ލިބޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށްވެސް ވިދާޅުވި އެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް