ads
ޓެލެގްރާމް މެދުވެރިކޮށް ސައިބަ ކްރައިން ހިންގުން އާއްމު
ހަށިވިއްކާ ޓެލެގްރާމް ގުރޫޕެއް ހިންގި މީހަކު ހައްޔަރުކޮށްފި
ހަށިވިއްކުމުގެ ހަރަކާތްތައް ފުޅާކޮށް ހިންގަމުންދިޔަ ޓެލެގްރާމް ގުރޫޕެއް ހިންގުމުގައި އިސްކޮށްހުރި މީހަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު އެނގޭ މީހަކު "ސީއެންއެމް" އަށް ކަވަރުކޮށްދިން ގޮތުގައި، ދިހަ ހާހަށް ވުރެ ގިނަ މީހުން އުޅޭ އެ ޓެލެގްރާމް ގުރޫމްގައި، ހަށިވިއްކުމުގެ ކަންކަން ނެޓްވޯކެއްގެ ތެރެއިން ފުޅާދާއިރާއެއްގައި ކުރާއިރު، މަސްތުވާތަކެތި ވިއްކުންވެސް ފާޅުގައި އިސްތިހާރު ކުރެއެވެ.

މީގެއިތުރުން ގަވާއިދާއި ހިލާފަށް ލައިސަންސް ހޯދުމާއި މެޑިކަލްސް ސެޓްފިކޭޓް ހޯދުމާއި ބިދޭސީންގެ ނަމުގައި ރެޖިސްޓްރީކޮށްފައި ހުންނަ ސިމްކާޑުތައް ވިއްކުމާއި އެހެނިހެންވެސް ބޮޑެތި ކުށްތައް އެގުރޫޕް މެދުވެރިކޮށް ހިންގޭގޮތަށް ގުރޫޕް ހިންގާ ފަރާތުން އަންނަނީ ހަމަޖައްސާ ދެމުންނެވެ.

ޓެލެގްރާމް ގުރޫޕްގެ އިސްކޮށް ހުންނަ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ އެނގިފައިވާ ގޮތުގައި މި ހަފްތާގެ ތެރޭގައެވެ. ނަމަވެސް މިމައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ހަށިވިއްކުމުގެ ކަންކަން ހިންގަމުން ދިޔަ ޓެލެގްރާމް ގުރޫޕެއްގެ އެޑްމިން ހައްޔަރުކޮށްފައިވާއިރު މާލޭގައި ގެސްޓްހައުސް އެއްގައި ހަށިވިއްކަމުން ދަނިކޮށް މިދިޔަ މަހު ފުލުހުންވަނީ އެތަން ރެއިޑްކޮށް ބައެއް މީހުން ހައްޔަރުކޮށްފައެވެ.

އަދި މާލޭ ސަރަހައްދުގައި ސްޕާ ސެލޫންތަކުގައި ހަށިވިއްކުމުގެ ވިޔަފާރި ފާޅުގައި ކުރަމުންދާކަމުގެ ކަންބޮޑުވުންތަކާއިއެކު، މިހާރުވަނީ ސްޕާ ސެލޫން ހިންގުމަށް ހަރުކަށި ގަވާއިދެއްވެސް ފާސްކޮށް އަމަލުކުރަން ފަށާފައެވެ.

47%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް