ads
LIVE BLOG
ފުލުހުން ބޮޑުފިނޮޅަށް ދިއުމަށް ނައްޓާލަނީ-- ފޮޓޯ: އަހުމަދު ޗަކްސް
ކުރިމަތިލުމަކާ ނުލައި ރަހީނުކުރި މީހުން ސަލާމަތްކޮށްފި
އެރަށުގައި 210 ބިދޭސީއަކު އެބަތިބި
މާލެއިން ވެސް ފުލުހުންގެ ޓީމެއް ފުރައިފި
ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތުގައި އުޅޭ ބަންގްލަދޭޝް ބަޔަކު އެތަނުގައި މަސައްކަތްކުރާ 15 ދިވެއްސަކު ރަހީންކުރުމުން އެމީހުން ސަލާމަތްކުރުމަށް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައި ވަނީ މިއަދު ހަވީރެވެ. އެގޮތުން މީގެ ކުޑައިރުކޮޅެއް ކުރިން އެމީހުން ސަލާމަތްކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
2020/07/03 07:36

your imageވެހިކަލްތަކަށް ގެއްލުންދީފައި-

2020/07/03 07:25

ފުލުުހުން: އެމީހުން ވަނީ އެއްބާރުލުންދޭން އެއްބަސްވެފައި

2020/07/03 07:24

ފުލުހުން: ތަހުގީގު ޓީމުތަކުގައި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުގެ ޓީމަކާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ހިމެނޭ

2020/07/03 07:22

ފުލުހުން: ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސާސް ޓީމާއި ތަހުގީގު ޓީމުތައްް ދަނީ ރަށުތެރޭގައި ހަރަކާތްތެރިވަމުން. 

2020/07/03 06:47
2020/07/03 06:43

ފުލުހުން ދަނީ އަދިވެސް އެރަށުގައި ހަރަކާތްތެރިވަމުން

2020/07/03 06:38

ފުލުހުން: އެ މައްސަލަ މިހާރު ވަނީ ވާހަކަ ދައްކައިގެން ހައްލުކުރެވިފައި. އެއްވެސް ހަމަނުޖެހުމެއް ނުހިންގާ. 

2020/07/03 06:37

your imageއެ އޮޕަރޭޝަނަށް ފުލުހުންވީ ތައްޔާރީތަކުގެ ތެރެއިން--

2020/07/03 06:32
2020/07/03 06:31
2020/07/03 05:59

ބޮޑުފިނޮޅަށް މިހާރު ފުލުހުން ވަނީ އަރާފައި

2020/07/03 05:49
2020/07/03 05:32

ފުލުހުން މިހާރު ވަނީ ބޮޑުފިނޮޅަށް މިސްރާބު ޖަހާފައި. 

2020/07/03 03:57

ފުލުހުންގެ ޓީމު، ތުޅާދޫ އިން ދެން ދާނީ ބޮޑުފިނޮޅަށް ކަމަށް މައުލޫމާތު ލިބޭ.

2020/07/03 03:52
2020/07/03 03:43

ފުލުހުން: މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ

2020/07/03 03:36
2020/07/03 03:31

ފުލުހުންގެ ޓީމު ތުޅާދޫއަށް އަރައިފި

2020/07/03 02:10
2020/07/03 02:06
2020/07/03 02:06
2020/07/03 00:37

ތުޅާދޫ ކައުންސިލް: މިހާރު އެކަކު ވަނީ ތުޅާދޫއަށް އަރާފައި. އެމީހާއަށް އަނިޔާވެފައެއް ނުވޭ. އެމީހާ ރަށަށް އައީ ފަތާފައި. ފުލުހުން ވަނީ ހަތަރު މީހަކު ސަލާމަތްކޮށްފައި ކަމަށް މައުލޫމާތު ލިބޭ.

2020/07/02 23:49

އެރަށުން ވާހަކަ ދެއްކި މީހެއް: އެ ބިދޭސީ މަސައްކަތްތެރިންނަކީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މުވައްޒަފުންތަކެއް. އެމީހުންނާއި ހަވާލުވެ ހުރި އިސް ދެ މީހުން އިއްޔެ ޑިންގީއެއްގައި ވަނީ ޅ. އަތޮޅުގެ ރަށަކަށް ގޮސްފައި. މިއަދު އުޅުނީ ދިވެހިންތައް ގެންދަން. އެކަމަކު ބިދޭސީން އެކަމަށް ތަންނުދީ ވަނީ ހިފަހައްޓާފައި.

2020/07/02 23:14

ފުލުހުން: ފުލުހުންގެ އިތުރު ރިސޯސެސް ބޭނުންކުރަން ޖެހިދާނެ ހާލަތެެއްގައި ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުން. 

2020/07/02 23:14

އެއާއެކު ބޮޑު އޮޕަަރޭޝަން ފެށުމަށްޓަކައި މިހާރު ތިބީ ތުޅާދޫގައި މަޑުކޮށްގެން. އެ ފުލުހުންގެ ތެރޭގައި ނ. ރ. ބ. އަދި ޅ. އަތޮޅުގެ ފުލުހުން ހިމެނޭ.

2020/07/02 23:13

ދޯނީގެ ކެޕްޓަންގެ އިތުރުން ފުލުހެއްގެ އަނގަމަތި ފަޅައިގެން ގޮސް އަނިޔާ ލިބިގެން ތުޅާދޫގައި ދަނީ ފަރުވާދެމުން. މައުލޫމާތު ލިބޭ ގޮތުގައި މާލެ އިން ފުލުހުންގެ ޓީމެއް އެރަށަށް ދަނީ ދަތުރުކުރަމުން

2020/07/02 23:12

އެ ލިބުނު އަނިޔާތަކާއެކު އެމީހުން ވަނީ އަނބުރާ ތުޅާދޫއަށް މިހާރު ގޮސްފައި. 

2020/07/02 23:12

އޭގެ ފަހުން ވެސް އިތުރު ޓީމެއް ވަނީ އެމީހުން ސަލާމަތްކުރަން ގޮސްފައި. އާންމު ރައްޔިތެއްގެ ދޯންޏެއްގައި 80 އެއްހާ ފުލުހުން ދިޔައިރު އެ ދޯންޏަށް ހޮޅި އާއި ގާ އަދި ދަގަނޑު ފަދަ ތަކެތި ވަނީ އުކާފައި، 

2020/07/02 23:11

އެރަށުގައި 210 ބިދޭސީން އަދި 15 ދިވެހިން ތިބި ކަމަށް މައުލޫމާތު ލިބޭ. އެރަށަށް ދިވެހިން ސަލާމަތްކުރަން އެރި ފުލުހަކަށް ވަނީ އަނިޔާދީފައި. އެމީހާގެ ބޯ ފަޅައިގެން ގޮސް ބ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން

2020/07/02 23:09

ބިދޭސީން ދިވެހިން ރަހީނުކޮށްފައި ވަނީ ފަސް މަހުގެ މުސާރަ ނުލިބޭތީ ކަމަށް މައުލޫމާތު ލިބޭ. އެމީހުން ދޫކުރާނީ މުސާރަ ހިފައިގެން އައުމުން ކަމަށް ވެސް ދަނީ ބުނަމުން. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް