ads
ނާޒިމް ސައްތާރު..
ނާޒިމް ދޫކޮށްލީ ދައުވާކޮށްފަ ބަންދުގައި ބަހައްޓަން ޕީޖީން ބޭނުން ނުވުމުން: ފުލުހުން
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާކުރަން ޕީޖީ އޮފީހަށް، ފުލުހުން ފޮނުވާފައިވާ ތިން މީހުންގެ ތެރެއިން އަލަމްގީރް ފިޔަވައި އެންމެން ބަންދުން ދޫކޮށްލީ، އެމީހުން ބަންދުގައި ބޭތިއްބުމަށް ފީޖީ އޮފީހަށް ނުފެންނަ ކަމަށް ނިންމުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ލީކުވެގެން އުޅޭ ވީޑިއޯތަކާއި ގުޅިގެން އަލްމްގީރާއި، ނާޒިމް ސައްތާރާއި، ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ހައްޔަރުކުރި އެވެ.

ނަމަވެސް ދައުވާކުރުމާއި ހަމަޔަށް ދިއުމުގެ ކުރިން ނާޝިދު ހުރީ ދޫކޮށްލާފަ އެވެ. އޭގެފަހުން ބަންދުގައި ތިބި އަލަމްގީރާއި، ނާޒިމް އަދި ރަފީއުގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުން، ދައުވާކުރުމަށް ފީޖީ އޮފީހަށް ފުލުހުން މިމަހުގެ ނުވަވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ.

މިހާރު އެމައްސަލާގައި ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ހުރީ އަލަމްގީރް އެކަންޏެވެ. އެހެން އެންމެން ވަނީ ދޫކޮށްލާފަ އެވެ.

“އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންގެ ބަންދުގައި ތިބި ތިން މީހުން ދޫކޮށްލާފައިވަނީ، އެމީހުންގެ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމަށްފަހު، އެމީހުން އިތުރަށް ބަންދުގައި ބަހައްޓަން ޕީޖީ އޮފީހަށް ނުފެންނަ ކަމަށް ނިންމުމުން” އެމީހުންް ދޫކޮށްލި މައްސަލާގައި “ސީއެންއެމް”އިން ސުވާލުކުރުމުން ފުލުހުން ބުންޏެވެ.

އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލުދެވޭނީ ޕީޖީ އޮފީހަށް ކަމަށް ވިދާޅުވި އެވެ. ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމަށްފަހު ބަންދުގައި ބައިތިއްބަން ޕީޖީ އަށް ނުފެންނަ ކަމަށް ނިންމާ އެމީހުން ދޫކޮށްލިއިރު، އެމީހުންގެ މައްސަލަތަކާއިއެކު އަލަމްގީރްގެ މައްސަލަވެސް ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އެކަމަކު އޭނާ ބަންދުން ދޫކޮށެއް ނުލަ އެވެ.

އަލްމްގީރު ފިޔަވައި މިމައްސަލާގައި ތުހުމަތުކުރެވޭ އެންމެން ދޫކޮށްލިއިރު އަލްމްގީރު ހައްޔަރުކުރީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފަވެ އެވެ. އޭނާގެ ފޯނުން 200 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ. މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި،ޓީޗަރުުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށްގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް