ads
ހެރުނު ދަގަނޑު ނޭފަތް ފޫއަޅުވާލައި ބަނޑާހަމައަށް، ހާލު ސީރިއަސް
ކޮންސްޓްރަކްޝަން ސައިޓުތަކުގައި ސަލާމަތީކަންކަން އަދިވެސް ކަށަވަރުނުުކުރެވޭ!
ހެންވޭރު ބުރެވި މަގުގައި ހުރި ހ. ޒާހަމް އިމާރާތަށް ދަގަނޑުތަކެއް އަރުވަނިކޮށް އޭގެތެެރެއިން ދަގަނޑެއް ވެއްޓި އެތަނުގައި މަސައްކަތްކުރަން އުޅުނު ބިދޭސީއަކު މިއަދު ވަނީ ވަރަށް ބޮޑަށް ޒަހަމުވެފައެވެ.
Advertisement

ދިހަ ބުރީގެ އެ އިމާރާތަކީ ރަޝީދު ކާޕެންޓްްރީ އެންޑް ކޮންސްޓްރަކްޝަން(އާރްސީސީ) އިން ހަދަމުން އަންނަ އިމާރާތެކެވެ.

ގާތްގަނޑަކަށް 10:28 ހާއިރު ހިނގި މި ހާދިސާގައި، އެ އިމާރާތުގެ ހަތްވަނަ ފްލޯއިން ވެއްޓުނު ދަގަނޑުގަނޑު ވެއްޓި ހެރުނީ ތިރީގައި ހުރި އެ ސައިޓުގައި މަސައްކަތްކުރަމުން ދިޔަަ ބިދޭސީއެއްގެ ސީދާ ނޭފަތަށެވެ. 

އެތަނުގައި މަސައްކަތްކުރަން އުޅުނު މީހަކު “ސީއެންއެމް”އަށް ބުނީ، ނޭފަތުގެ މައްޗަށް ދަގަނޑުގަނޑު ހެރި، ބަނޑުގެ ފޫޅާއި ދިމާލުން ވަނީ ނިކުމެފައި ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ގިނަ އަދަދެއްގެ ލޭ ފައިބަމުންދިޔަ އިރު ހާލު ސީރިއަސްކަމަށް ބުންޏެވެ.

your image

އޭނާއަށް މިވަގުތު އޭޑީކޭގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލަތާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ސާފުވާގޮތެއް ނުވެެއެވެ.

އާރްސީސީގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ހިނގި މިހާދިސާއާއި ގުޅިގެން އެކުންފުނީގެ ފަރާތުން ބަހެއް ހޯދުމަށް ސީއެންއެމް އިން ކުރި މަސައްކަތްވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އެކުންފުނީގެ ފަރާތުން މިހާތަނަށް މިކަމުގައި އެއްޗެއް ބުނެފައެއްް ނުވެއެވެ. 

your imageހ. ޒާހަމް މި އިމާރާތަކީ 10 ބުރީގެ އިމާރާތެއް——ފޮޓޯ:ސީއެންއެމް

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ސަލާމަތީކަންކަން އަދިވެސް ކަށަވަރުނުުކުރެވޭ!

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ މިފަދަ ނުރައްކާތެރި ހާދިސާތަކުގައި މީގެ ކުރިން ބައެއް މީހުންގެ ފުރާނަވެސް ގޮސްފައި އެބަހުއްޓެވެ.

މިފަދަ އެއް ހިތާމަވެރި ހާދިސާއަކީ ޑަބްލިޔު ކޮންސްޓްރަކްޝަންއިން އިމާރާތްކުރަމުންދިޔަ ތަނެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ހިނގި ހާދިސާ އެވެ.

ޑަބްލިޔު ކޮންސްޓްރަކްޝަންއިން އިމާރާތްކުރަމުންދިޔަ އިމާރާތެއްގެ ދަށުން މަންމައާއިއެކު ހިނގާފައި ދަނިކޮށް ސިމެންތި ބަސްތާއެއް ބޮލަށްވެއްޓި ހަތް އަހަރުގެ ޖިއާން މަރުވީ 2018 ވަނަ އަހަރު ޑިސެމްބަރު މަހު 16ވަނަ ދުވަހު އެވެ.

your imageރައުޝާން ޖިއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓޭތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް

މި ހާދިސާއަށް ފަހު މާލެ ސިޓީ ކައުންސިލުން 2018 ވަނަ އަހަރު ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓުތަކުގެ ތެރެއިން ރައްކާތެރިނޫން ކޮންސްޓްރަކްޝަން ސައިޓުތައް ދެނެގަތުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި މާލެ ސިޓީ ކައުންސިލް، އެޗްޑީސީ އަދި ހައުސިންގް މިނިސްޓްރީގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކާއެކު ސައިޓުތަކުގެ ސަލާމާތީ ކަންކަން ބެލުމުގެ ޕްރޮގްރާމެއް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ފަށާފައިވެއެވެ.

ނަމަވެސް މިއަދާއި ހަމައަށް ޖިއާންގެ މަރުގެ ހާދިސާއިން އިބުރަތެއް ނަގާ، މާލެ ސިޓީގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް އޭރު ކުރެވުނު މަސައްކަތުގެ ނަތީޖާއެއް ނުފެނެއެވެ. 

މި ކަމުން އިބުރަތެއް ހާސިލުކޮށް، ކޮންސްޓަކްޝަން ސައިޓުތަގެ ސަބަބުން ރައްޔިތުންނަށް ހުރި ގެއްލުންތަކުން ސަލާމަތް ވުމަށް އެޅި ފިޔަވަޅުތަކަށް އަމަލުކުރޭތޯ އެކިށީގެންވާ ގޮތެއްގައި ބެލިފައެއް ނުވެއެވެ. މިކަން އެނގިގެން ދިޔައީ 2019 ވަނަ އަހަރު ޖުލައި މަހު ހުޅުމާލޭގެ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ބިދޭސީއަކު މަރުވުމުންނެވެ. 

އިމާރާތް ކުރުމުގެ ދާއިރާގައި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށޭނެ ގޮތުގައި ނޭޅުމުގެ ސަބަބުން އަދިވެސް މަގުމައްޗަށް އެކި އެއްޗެހި ވެއްޓިގެން، އެކަމާ މީހުން ކަންބޮޑުވުން ފާޅު ކުރެއެވެ. މީގެ އިތުރުން ބާވެ ހަލާކުވަމުން އަންނަ އިމާރާތްތަކުގެ ތަންގަނޑުގަނޑު މަގުމައްޗައް ފައިބާ، މީހުންނަށް އަނިޔާވާ މިންވަރުވެސް ވަކި މަދެއް ނޫނެވެ. 

އެގޮތުން:

18%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
61%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް