ads
އަލަމްގިރު
އަލަމްގިރްގެ އަޑުއެހުން މާދަމާ، އަޑުއެހުން ސިއްރު
އެއްޖިންސުން ގުޅުން ހިންގައި، ވީޑިއޯއިން އެތައް ބަޔަކު ބްލެކްމެއިލްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރްގެ އަޑުން މާދަމާއަށް ތާވަލުކޮށްފި އެވެ.

މާދަމާ ހަތަރެއް ޖަހާއިރު އޮތް މި އަޑުއެހުން އޮތީ ސިއްރުކޮށްގެން ކުރިއަށް ގެންދާ ގޮތަށެވެ.

އަލްމްގީރު ހައްޔަރުކުރީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފަވެ އެވެ. 

އޭނާގެ ފޯނުން 200 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ. 

މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި، ޓީޗަރުުން ތަކެއް ސަސްޕެންޑް ކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށް ގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް އަލްމްގީރު ފިޔަވައި މިމައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ. ދައުވާކުރި މީހުންގެތެރޭގައި، ނާޒިމް ސައްތާރާއި، ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް ވަނީ ދޫކޮށްލާފައެވެ. 

ޕީޖީން ބުނީ އެމީހުން ދޫކޮށްލީ ކުށުގެ ބާވަތުން އެއީ ބަންދުގައި ބަހައްޓަންޖެހޭ ވަރު ކުށެއް ކަމަށް ނުވުމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް