ads
އެމްޑީ އަލަމްގީރް—— (ފޮޓޯ/ސަން)
އަލަމްގީރުގެ މައްޗަށް އުފުލި 40 ދައުވާއަށްވެސް އޭނާ އިއުތިރާފުވެއްޖެ
އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެއް ސާބިތުވެ ހުކުމްކޮށްފައިވާ އަލަމްގީރުގެ މައްޗަށް އެންމެ ފަހުން ކުރި 40 ދައުވާއަށް ވެސް މިއަދު ކޯޓުގައި އިއުތިރާފު ވެއްޖެ އެވެ.

އަލަމްގީރުގެ މައްޗަށް އިތުރު 40 ދައުވާއެއް ދައުލަތުން އުފުލާފައިވަނީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ތުހުމަތުގައެވެ.

މިމަހުގެ 17 ވަނަ ދުވަހު ޕްރޮސިކިއުޓަ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅިި ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގައި އޭނާ އެ ހުރިހާ ދައުވާއަކަަށްވެސް އިއުތިރާފުވެފައިވާތީ ދެން އޮންނާނީ އަވަސް ނިޔާގެ ދަށުން ހުކުމްކޮށް އަދަބު ކަނޑައެޅުމެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރުގެ މައްޗަށް އެންމެ ފުރަތަމަ ކުރި ތިން ދައުވާއަށްވެސް އިއުތިރާފުވުމުން މިދިޔަ އޮގަސްޓު 31 ވަނަ ދުވަހު ހަތްމަހުގެ ޖަލު ހުކުމަކާއިއެކު ތައުބާ ލާދީފައިވެއެވެ.

އަލްމްގީރު ހައްޔަރުކުރީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް މީގެ ކުރިން ފުލުހުން ބުނެފަ ވެއެވެ. 

އޭނާގެ ފޯނުން 50 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ. 

މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި، ޓީޗަރުުން ތަކެއް ސަސްޕެންޑް ކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށްގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް އަލްމްގީރު ފިޔަވައި މިމައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި އެންމެން ތިބީ ދޫކޮށްލާފައެވެ. ދައުވާކުރި މީހުންގެތެރޭގައި، ނާޒިމް ސައްތާރާއި، ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް ހުރީ ދޫކޮށްލާފައެވެ. 

ޕީޖީން ބުނީ އެމީހުން ދޫކޮށްލީ ކުށުގެ ބާވަތުން އެއީ ބަންދުގައި ބަހައްޓަންޖެހޭ ވަރު ކުށެއް ކަމަށް ނުވުމުން ކަމަށެވެ. 

މީގެތެރެއިން އެންމެ ފަހުން ހުކުމްކުރި ނާޒިމަށް އިއްވީ ތިން މަހުގެ ގޭބަންދު ހުކުމެކެވެ. އަދި ރަފީއު އަށް ވަނީ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް