ads
2021ގެ އުސްއަލިތައް: ސިޔާސީ
2021ގެ އުސްއަލިތައް: ސިޔާސީ
ވޭތުވެ ދިޔަ އަހަރަކީ ވެސް ރާއްޖޭގެ ސިޔާސީ ހަޔާތުގައި ހަލަބޮލި އަހަރެކެވެ. ގިނަ ހާދިސާ ތަކަކާއި، ހާލަތްތެކެއް މެދުވެރިވި އަހަރެކެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލަ އާއި ރައީސް ޔާމީނަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން ރައީސް ޔާމީން މިނިވަން ވެގެން ދިއުން ހިމެނެއެވެ. މި ޓައިމްލައިން ގައި މި އަލިއަޅުވާލަނީ ވޭތުވެ ދިޔަ އަހަރު ހިނގާފައިވާ މުހިއްމު ބައެއް ކަންކަމުގެ މައްޗަށެވެ.

 19 ޖެނުއަރީ      

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ އެއް ގައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ވަބާއެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

20 ޖެނުއަރީ   

އިންޑިއާގައި ކޮވިޑް 19 ވެކްސިން ދޭން ފެށިތާ 96 ގަޑިއިރު ތެރޭގައި ރާއްޖެއަށް ވެކްސިން ފޯރުކޮށްދެވުމަކީ އެގައުމުގެ ހާރިޖީ ސިޔާސަތުގައި ރާއްޖެއަށް ދެވިފައިވާ ހާއްސަ މަގާމު ފެނިގެންދާ ކަމަށް އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެ. 

22 ޖެނުއަރީ   

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އަނިޔާކުރަމުން ގެންދަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޯޑަރަކަށް ކަަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

23 ޖެނުއަރީ  

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު  ހުކުމް ދެމެހެއްޓުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެކަން ބަލައިނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފި އެވެ.

25 ޖެނުއަރީ  

ރައްޔިތުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތަކަށް ޖަވާބުދިނުމަށް "ޖަޒީރާ ސައްލާ" ގެ ނަމުގައި ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

31 ޖެނުއަރީ  

ކޮވިޑް ވެކްސިން ސިޔާސީ ނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.

04 ފެބްރުއަރީ  

 ކޯވިޑް-19ގެ ސަބަބުން ރައްޔިތުން ހާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދިނުމަށް    ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ކަނޑައިލަދިނިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ

6 ފެބްރުއަރީ    

 ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ހަނދާން ކުރުމަށް އިދިކޮޅު ކޯލިޝަނުން        ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގޮވާލައިފި އެވެ.

20 ފެބްރުއަރީ   

ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފުރަތަމަ ކަމަށް ކުރީގެ ރައީސް އަދި ރަށްޔިތުން މަޖިލީހުގެ  ރައީސް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

22 ފެބަރުއަރީ    

އިންޑިއާ ސަރުކާރުގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށްވެފައިވާ އެއްބަސްވުމުގެ   ތަފްސީލު ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

23 ފެބަރުއަރީ  

ހައްގުތައް ކަށަވަރު ނުވާކަމަށް ބުނެ، އައްސޭރި ޖަލުގައި ތިބި 119 ގައިދީން ސިޔާސީ ޕާޓީތަކުން ކެނޑިއްޖެއެވެ.

25 ފެބަރުއަރީ  

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނުކުފާނުގެ ވަކީލުންގެ ޓީމާއި ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ އަމސަރުކާރުން ހިންގާކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވެތީ، އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މޯލްޑިވްސްޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން އިލްތިމާސްކޮށްފި އެވެ.

27 ފެބަރުއަރީ   

ސުލްހަވެރި ސިޔާސީ ހަރަކާތަށް އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

 28 ފެބަރުއަރީ 

އިދިކޮޅު ލީޑަރަށް ގާނޫނީ ހައިސިއްޔަތު ލިބޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން ބޭނުންވަނަމަ އެންމެ ފުރަތަމަ ޖެހޭނީ ރައީސް ޔާމީން މިނިވަންކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

8 މާޗް

ދީނީ އިލްމުވެރިން ސިޔާސީ ކަންކަމުގައި ބަސްބުނަން ޖެހޭކަމަށް ދީނީ އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒް ވިދާޅު ވެއްޖެއެވެ.

10 މާޗް        

ރައްޔިތުންނަށްވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ، އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވަން ހެޔޮ ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

16 މާޗް        

ސިޔާސީ މަންފާއެއް ހޯދުމަަށް ސިޔާސީ ޕްރޮޕެގެންޑާއެއްގައި އެމްއެންޑީއެފް ނުޖެއްސޭނެކަމަށާއި ސިޔާސީ ޕްރޮޕެންގެންޑާއެއްގެ ތެރެއިން އެމްއެންޑީއެފްގެ ސަފުތަކުގައިވެސް ކޫރު އަޅުވާ ނުލެވޭނެ ކަަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

17 މާޗް     

އުތުރުތިލަފަޅު އެގްރީމެންޓު މައްސަލާގައި އުފެދިފައިވާ ސިޔާސީ ކޯޅުންގަނޑަށް ސިފައިން ނެރިގެން އެމްއެންޑީއެފް ސީޔާސީ  ނުކުރުމަށް  ކުރީގެ  ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފި އެވެ.

27 މާޗް 

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، އެކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމި ނިންމުމާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއިއެކު، އެ މައްސަލަ ތަހުގީގު ކުރުމުގެ މަރުހަލާގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ހާމަކޮށް ރައީސް އޮފީހުން ނޫސް ބަޔާނެއް ނެރެފި އެެވެ.

29 މާޗް    

 ޓްރާންސްޕޯޓު މިނިސްޓްރީގެ އައިޓީ ޑިޕާޓްމެންޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން އިސްތިއުފާ ދީފި އެވެ.

19 އެމޕްރީލް   

ބޮޑުވަޒީރު ކަމަށް ރައީސް ނަޝީދު ޝައުގުވެރިކަން ފާޅުކުރުމުން، ހުރިހާ ރައީސުން ވެސް އެކަމާއި ނުރުހުން ފާޅު ކޮށްފިއެވެ.

2 މެއި       

ނިޒާމް ބަދަލުކުރަން ގިނަބަޔަކު ބޭނުންނަމަ އެކަންކުރަން ސަރުކާރުން ފަސްނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

6 މެއި      

އަލީވަހީދު ހުރިތަނެއް ހޯދަން ފަސޭހަ ވާނީ ޕާސްޕޯޓު ދޫކުރުމަށް ކޯޓުން ކުރި އަމުރު ބާތިލުކުރުމުން ކަމަށް ދައުލަތުން މިއަދު ބުނެފިއެވެ.

6 މެއި      

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް، އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

12 މެއި     

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން އާންމު ކޮށްފިއެވެ.

18 މެއި     

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދައުވާ ކޮށްފިނަމަ އެންމެ ދުވަހަކުވެސް މަގާމުގައި ނުހުންނާނެ ކަމަށް ޔޫތް މިނިސްޓަރު   އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

19 މެއި     

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު  މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އައްބާސް ފާއިޒް  

30 ޖޫން   

އެމްއެމްޕީއާރްސީ މައްސަލަ ބަލަން އެއްވެސް ސަރުކާރަކަށް ނުކުރޭނެކަމަށް ބުނެ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސަރުކާރަށް ގޮން ޖައްސަވައިފި އެވެ.

31 މެއި   

އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.

13 ޖޫން   

އިންޑިއާއަށް ބަރޯސާވެގެން ރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށް ޕްރޮފެސާ ހަސަން އުގެއިލް   ވިދާޅުވެއްޖެއެވެ.

20 ޖޫން   

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 25 އިންސައްތަ ހިއްސާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ސިޔާމް މުހައްމަދު ހުށަހެޅި ކަމަށް ސިޔާމް ވިދާޅުވެއްޖެއެވެ.

06 ޖުލައި   

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމަށް ރައީސް ޔާމީންއާއިއެކު މަސައްކަތް ކުރެއްވުމަށް ރައީސް ނަޝީދު އެދިލައްވާނަމަ އެކަމުގެ މަޝްވަރާއަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތައްޔާރުކަމަށާއި، ނަމަވެސް އެކަމަށް އޮތް ޝަރުތަކީ ރައީސް ޔާމީން  މިނިވަންކުރުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

10 ޖުލައި  

ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަމިއްލަ ޕާޓީއެއް ހައްދަވަން  ނިންމަވައިފިއެވެ.

12 ޖުލައި   

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެކީ ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

15 ޖުލައި   

 ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެހީތެރިކަމަށް އެދުމަކީ ރާއްޖެއަށާއި، އެމްޑީޕީއަށް އެންމެ ރަނގަޅު ގޮޮތްކަމަށް ކުރީގެ ރައީސް މުހަންމަދު  ނަޝީދު ވިދާޅު ވެއްޖެއެވެ.

25 ޖުލައި     

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.

03 އޯގަސްޓް  ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ، އަބްދުﷲ ކަމާލުއްދީނަށް އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

11 އޮގަސްޓް  

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި އިރުވެސް އެމަނިކުފާނާއި ހިޔާލް ތަފާތުވުންތަކެއް ހުރި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

14 އޮގަސްޓް   

އެމްއެމްޕީއާރްސީ މައްސަލާގައި ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދައުވާކޮށްފައި ނިންމާލުމަކީ ހުތުރު ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

11 ސެޕްޓެމްބަރ  

މީގެ ކުރިން ރައްޔިތުންނަށް ހާމަކުރަން އުޅުނު ވާހަކަތައް ހާމަކުރާނެ ކަމަށާއި، އެބުރި ރާއްޖެވެސް އަންނާނެ ކަމަށް ކުރީގެ ޓްއަރިސަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

13 ސެޕްޓެމްބަރު 

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ކަމަށް މީގެ ކުރިން ވެސް އެ ކޮމީޝަންގެ ރައީސް ކަން ކުރައްވާފައިވާ ފުއާދު ތައުފީގް އިންތިހާބުކޮށްފި އެވެ.

05 އޮކްޓޯބަރު 

 "އިޚްލާޞްތެރި ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާޠިލްކޮށްފިއެވެ.

24 އޮކްޓޯބަރ    

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

25 އޮކްޓޯބަރު    

ކުރިއަށް އޮތް ތަނުގައި ވެސް ކުރައްވާ ކޮންމެ ސިޔާސީ މަސައްކަތެއްގެ އަސާސަކީ ވެރިކަމުގެ ނިޒާމް ބަދަލުކުރުން ކަމަށް  ރައްޔިތުންގެމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

25 އޮކްޓޯބަރު     

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަައިފި އެވެ.

26 އޮކްޓޯބަރު    

ގާނޫނުއަސާސީއަށް އިސްލާހު ގެނެއުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެހީތެރިކަމަށް ވެސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

05 ނޮވެންބަރު   

މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަ ރަކާތެއްގައި ބައިވެރިވެއްޖެ ނަމަ އިތުރު އިންޒާރަކާނުލައި ވަގުތުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް ސިވިލް ސާވިސް ގަވައިދު 2014 އަށް އިސްލާހު ގެނެސްފިއެވެ.

24 ނޮވެމްބަރު  

ރައްޔިތުންގެ މަޖިލީހުން 2022 ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ އަންނާން އޮތް ޖީލުތަކުގެ ބޮލުގައި ބޮޑު ދަރަންޏެއް  އެޅިގެންދާނެ  ބަޖެޓެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

26 ނޮވެމްބަރު 

"އެކުވެރި ސުވަދީބު ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

30 ނޮވެމްބަރު   

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރި ކަމުގެ ކުށުގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

20 ޑިސެމްބަރު   

ކޮވިޑް ގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވި އުމަރު ޒާހިރު އަކީ ގައުމީ ބަތަލެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

28 ޑިސެމްބަރު   

މަސްތުވާތަކެތީގެ މަންފާލިބޭ ސިޔާސީ މީހުންގެ ނުރައްކާ ނަފްސަށް އެބަ އޮތްކަމަށް ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

30 ޑިސެމްބަރު   

ރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ޕާޓީ ތަކުންވެސް ވަގު ފޯމް ބޭނުން ކުރާ ކަމަށާއި، އެހެން ނަމަވެސް އެކަން ހުއްޓުވަން އިލެކްޝަން  ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް، އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް