ads
ކ. ތުލުސްދޫ---
ތުލުސްދޫގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
ޗުއްޓީ ހޭދަކުރަން ކ. ތުލުސްދު އަށް ގޮސް އުޅުނު އިޓަލީ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ތުލުސްދޫ އިރުމަތީ ފަރާތު މޫދަށް އެރި އުޅެނިކޮށް ގެބިގެން މަރުވީ 70 އަހަރުގެ ފިރިހެނެކެވެ. އޭނާ ރާއްޖެއައީ އަންހެނުންނާއި ދަރިންނާއިއެކު ކަމަށް ވެއެވެ. 

އޭނާގެ ހަށިގަނޑު މިވަގުތު އޮތީ އެ ރަށު ސިއްހީ މަރުކަޒުގައެވެ.

އެ ރަށު ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި އޭނާ ގެބުނު ހިސާބަކީ ވަރަށް ބާރަށް ކަނޑަށް އޮއި ދަމާ ކެނަލްއެއް އިންނަ ސަރަހައްދެކެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން ފަތުރުވެރިން ގެބިގެން މަރުވުމުގެ ހިތާމަވެރި ހާދިސާތައް ހިނގަމުންދެއެވެ.

ވޭތުވި 2021 ވަނައަހަރު ރިޕޯޓް ކުރެވިފައިވާ މިފަދަ މަރުގެ ހާދިސާތައް

16 ފެބްރުއަރީ 2021

ވ.ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

24 އޭޕްރީލް 2021

ކ. ދިއްފުށީ ފަޅުތެރޭގައި އިންޑިއާ ފަތުރުވެރިއަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

26 އޭޕްރީލް 2021

ބ.ފުޅަދޫ ފާލަން މަތިން މޫދަށް ފުންމާލި ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

26 އޭޕްރީލް 2021

ކުޑަ ބަނޑޮހުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.

08 ޖުލައި 2021

އައްޑޫ ސިޓީގެ ރިސޯޓެއް ކަަމަށްވާ އިކުއޭޓަ ވިލެޖްގެ އިރު އުތުރުން ފަރު ބޭރުން މަރުވެފައިވާ ފަތުރުވެރިއެއް ހަށިގަނޑު ފެނިއްޖެ އެވެ.

6 ސެޕްޓެމްބަރު 2021

ޅ. ކުރެއްދޫ ރިސޯޓުގައި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.

16 އޮކްޓޫބަރު 2021

ގއ. މެރަދޫގައި ހިންގަމުންދާ "ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓް"ގައި ބިދޭސީ އަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

18 އޮކްޓޯބަރ 2021

ރިސޯޓެއްގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

14 ނޮވެމްބަރު 2021

ގދ. ހަވޮއްޑާގައި ހިންގާ އަމާރި ހަވޮއްޑާ މޯލްޑިވްސްގައި މޫދަށް އެރުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް