ޕްރައިމަރީގައި 243 ވޯޓު ފޮށި ބެހެއްޓިއިރު މިހާތަނަށް 207 ފޮށީގެ ނަތީޖާ ވަނީ ލިބިފައެވެ. މިހާތަނަށް ލިބުނު ނަތީޖާއިން 21000 އަށް ވުރެ ގިނަވޯޓާއި އެކު ރައީސް ސޯލިހް ޢުޅުއްވަނީ 61 އިންސައްތައިން ކުރީގައެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 13000 ވޯޓާއިއެކު 38 އިންސައްތައެވެ.
ރައީސް ސޯލިހް މިހާރު ދަނީ އެމްޑީޕީ ހަރުގެއަށް ވަޑައިގެން ސަޕޯޓަރުންނާއި ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވަމުން
ރައީސް ސޯލިހަށް ލިބުނު ކާމިޔާބީ އާއި ގުޅިގެން ކެމްޕެއިން ޓީމުތަކާއި ސަޕޯޓަރުން ނަށް ބާއްވާ ބޮނޑިބަތެއް މިރޭ 22:00 އަށް ހަރުގޭގައި ވަނީ އިންތިޒާމުކޮށްފައި
ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވީ މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެއްޖެއްގައެވެ.
މިހާރު ނަތީޖާ ލިބިފައިވާ ގިނަ ފޮށިތކުން ކުރީގައި އުޅުއްވަނީ އެމަނިކުފާނު އެހެންކަމުން ކެމްޕެއިން ޓީމްތަކުން ނަތީޖާތައް ޗެކްކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މިހާތަނަށް އިއުލާނުކޮށްފައިވާ ނަތީޖާ ގަބޫލުނުކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި، އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވައިފި އެވެ.
ޕްރައިމަރީގައި 243 ވޯޓު ފޮށި ބެހެއްޓިއިރު މިހާތަނަށް 207 ފޮށީގެ ނަތީޖާ ވަނީ ލިބިފައެވެ. މިހާތަނަށް ލިބުނު ނަތީޖާއިން 21000 އަށް ވުރެ ގިނަވޯޓާއި އެކު ރައީސް ސޯލިހް ޢުޅުއްވަނީ 61 އިންސައްތައިން ކުރީގައެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 13000 ވޯޓާއިއެކު 38 އިންސައްތައެވެ.
އެހެންކަމުން ބާކީ ހުރި ވޯޓްފޮށިތަކުގެ ނަތީޖާއިން ރައީސް ސޯލިހްގެ މައްޗަށް ރައީސް ނަޝީދަށް ކުރިހޯއްދެވޭނެކަމަކަށް ނުފެނެއެވެ.
މި އިންތިހާބުގައި ބާކީ ނުގުނި އުޅެނީ 49 ފޮށި. މިވަގުތަށް ބޮޑުތަނުން ކުރީގައި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
- ރައީސް ސޯލިހަށް 20053 ވޯޓު (ވޯޓުގެ 61 އިންސައްތަ)
- ރައީސް ނަޝީދަށް 12687 ވޯޓު (ވޯޓުގެ 39 އިންސައްތަ)
މި އިންތިހާބުގައި ބާކީ ނުގުނި އުޅެނީ 75 ފޮށި. މިވަގުތަށް ބޮޑުތަނުން ކުރީގައި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
- ރައީސް ސޯލިހަށް 16421 ވޯޓު (ވޯޓުގެ 63 އިންސައްތަ)
- ރައީސް ނަޝީދަށް 9510 ވޯޓު (ވޯޓުގެ 37 އިންސައްތަ)
މިއަދު ކުރިއަށް ދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ނިމި، ގިނަ ފޮށިތަކެއްގެ ނަތީޖާ ލިބުނުއިރު، ރައީީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދަވައިފިއެވެ.
މިހާތަށް ގުނި ވޯޓްގެ ތެރެއިން 16400 އަށްވުރެ ގިނަ ވޯޓާއި އެކު %63 ވޯޓް ކާމިޔާބު ކުރައްވާފައިވަނީ ރައީސް ސޯލިލް
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 9500 އެހާވޯޓް، އެއީ %37
މިހާތަނަށް 75 ފޮއްޓެއްގެ ނަތީޖާ ނުލިބޭއިރު، އެފޮށިތަކުގެ ނަތީޖާއާއި އެކުވެސް ރައީސް ސޯލިހްގެ މައްޗަށް ރައީސް ނަޝީދަށް ކުރިހޯދޭނެކަމަށް ނުފެނޭ
ވޯޓު ގުނަމުން ދަނިކޮށް އިސްކަންދަރު ސުކޫލްގައި ހަމަނުޖެހުން ހިންގި ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި.
މި އިންތިހާބުގައި ބާކީ ނުގުނި އުޅެނީ 93 ފޮށި. މިވަގުތަށް ކުރީގައި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
- ރައީސް ސޯލިހަށް 15048 ވޯޓު (ވޯޓުގެ 65 އިންސައްތަ)
- ރައީސް ނަޝީދަށް 8237 ވޯޓު (ވޯޓުގެ 35 އިންސައްތަ)
މި އިންތިހާބުގައި ބާކީ ނުގުނި އުޅެނީ 103 ފޮށި. މިވަގުތަށް ކުރީގައި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
- ރައީސް ސޯލިހަށް 13679 ވޯޓު (ވޯޓުގެ 65 އިންސައްތަ)
- ރައީސް ނަޝީދަށް 7480 ވޯޓު (ވޯޓުގެ 35 އިންސައްތަ)
މި އިންތިހާބުގައި ބާކީ ނުގުނި އުޅެނީ 119 ފޮށި. މިވަގުތަށް ކުރީގައި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
- ރައީސް ސޯލިހަށް 11350 ވޯޓު (ވޯޓުގެ 64 އިންސައްތަ)
- ރައީސް ނަޝީދަށް 6251 ވޯޓު (ވޯޓުގެ 36 އިންސައްތަ)
މި އިންތިހާބުގައި ބާކީ ނުގުނި އުޅެނީ 130 ފޮށި. މިވަގުތަށް ކުރީގައި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
- ރައީސް ސޯލިހަށް 9845 ވޯޓު (ވޯޓުގެ 66 އިންސައްތަ)
- ރައީސް ނަޝީދަށް 5071 ވޯޓު (ވޯޓުގެ 34 އިންސައްތަ)
މި އިންތިހާބުގައި ބާކީ ނުގުނި އުޅެނީ 149 ފޮށި. މިވަގުތަށް ކުރީގައި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
- ރައީސް ސޯލިހަށް 8260 ވޯޓު (ވޯޓުގެ 65 އިންސައްތަ)
- ރައީސް ނަޝީދަށް 4387 ވޯޓު (ވޯޓުގެ 35 އިންސައްތަ)
މި އިންތިހާބުގައި ބާކީ ނުގުނި އުޅެނީ 159 ފޮށި. މިވަގުތަށް ކުރީގައި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
- ރައީސް ސޯލިހަށް 7376 ވޯޓު (ވޯޓުގެ 66 އިންސައްތަ)
- ރައީސް ނަޝީދަށް 3794 ވޯޓު (ވޯޓުގެ 34 އިންސައްތަ)
މި އިންތިހާބުގައި ބާކީ ނުގުނި އުޅެނީ 191 ފޮށި. މިވަގުތަށް ކުރީގައި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
- ރައީސް ސޯލިހަށް 4090 ވޯޓު (ވޯޓުގެ 67 އިންސައްތަ)
- ރައީސް ނަޝީދަށް 1992 ވޯޓު (ވޯޓުގެ 33 އިންސައްތަ)
ވަގުތީ ނަތީޖާ
މުހައްމަދު ނަޝީދު - 1125
މުހައްމަދު އިބްރާހިމް މުހައްމަދު ސޯލިހު - 2805
ބާކީ 207 ފޮށި
ބައެއް ފޮށިތަކުގެ ކައިރީ ތިބި އޮބްސާވަރުންނާއި ތާއީދު ކުރާ މީހުން ވަނީ ހައްޔަރު ކޮށްފަ. އެމީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލަން. އަދި ވޯޓު ގަޑުބަޑު ކުރުމަށް އުޅޭ މީހުންނާއި މެދު ފިޔަވަޅު އަޅަން ގޮވާލަން - ރައީސް ނަޝީދު
ވޯޓު ފޮށިތަކުގެ 70 ޕަސެންޓު، ގަޑިއަށް ބަންދު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ - އިންތިހާބު ކޮމިޓީ
އެމްޑީޕީގެ ޕްރައިމެރީގެ ވޯޓު ލުމަށް ހާއްސަ ކުރެވިފައިވާ ފޮށިތަކަކަށް ގެއްލުން ދިން ތިން މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.
މިހާތަނަށް ކުރިމަތިވެފައިވަނީ ކުދިކުދި މައްސަލަ. ބޮޑެތި މައްސަލަތައް މިހާތަނަށް ދިމާވެފައިނުވޭ: އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ގދ. ރަތަފަންދޫ ވޯޓުފޮށި ކައިރީ ހުރި ރައީސް ނަޝީދު ގެ މަންދޫބު ހައްޔަރުކޮށްފި.
ވާދަވެރިން ދަނީ ވޯޓު ފޮށިތައް ގަޑުބަޑުކޮށް މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރަމުން - ރައީސް ސޯލިހުގެ ކެމްޕެއިން ޓީމު
ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓެއް ފަޅާލައިފި.
ހިރިޔާ ސުކޫލްތެރޭ ވޯޓުލާން ގޮސް ތިބި ފަރާތްތަކާއި، އޮބްސާވަރަކާއި ދެމެދު ދެބަސްވެ މާރާމާރީ ހިންގަން އުޅެފި.
ގދ. ގައްދޫ ރަށު ފޮށި ކައިރިން ބައެއް މަންދޫބުން/އޮބްޒާވަރުން/މޮނިޓަރުން ނެރިއްޖެ.
މާފަންނު ދެކުނު ދާއިރާގެ ވޯޓުލުން މެދުކެނޑިއްޖެ. އެ ވޯޓު ފޮށީގެ ވޯޓުލުން މެދުކެނޑުނީ، ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލައިގެން ކަމަށްވަނީ މައުލޫމާތު ލިބިފަ.
ގދ. ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ބޮޑުވީ، ވޯޓް ލާން ވަންނައިރު ވޯޓް ކަރުދާހުން ފޮޓޯ ނެގުމަށް ބޮޑީ ކެމެރާއެއް ވައްދާތީ ކަމަށް މައުލޫމާތު ލިބޭ.
ގދ. ގައްދޫގައި ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައި، ވޯޓުލުން ހުއްޓުވައިފި. އެ ތަނުގައި ހުރި ވޯޓު ކަރުދާސްތައް އުކާލައި ވޯޓާސް ލިސްޓް ވެސް ވަނީ ވީދާލާފައި. އެ ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުން.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ވޯޓު ލުމާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް 7355545 ނަމްބަރަށް ގުޅުމަށް އެމްޑީޕީއިން އެދިއްޖެ.
ގއ. ވިލިނގިލީގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓާސް ލިސްޓުގައި ނެތް ބަޔަކު ވޯޓުލީ މައްސަލަ ހޫނުވެއްޖެ.
ހޯނޑެއްދޫގައި ހުރި ވޯޓު ފޮއްޓަށް، މާލޭގައި ހުރި ދަރިފުޅުގެ ނަމުގައި މަންމަ ވޯޓު ލީކަމުގެ ތުހުމަތު.
ގދ. ހޯނޑެއްދޫގައި ވޯޓުލުން މެދުކަނޑާލައިފި. މަޑަވެލި ދާއިރާގެ މެމްބަރު ހުސެން ފިރުޝާން ވިދާޅުވީ، އެ ރަށުގައި ބެހެއްޓިފައި ހުރި ވޯޓު ފޮއްޓަށް ލިސްޓުގައި ނެތް ބައެއް މީހުން ވޯޓު ލާފައިވާ ކަމަށް. އަދި އެކަން ނުބަލަނީސް ވޯޓު ލުން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ފިރުޝާން ވަނީ ވިދާޅުވެފަ.
ރައީސް މުހައްމަދު ނަޝީދު ޖަމާލުއްދީން ސުކޫލަށް ވަޑައިގެން ވޯޓު ލައްވައިފި.
ވޯޓު އޮޅުވާލާނެ ކަމަށް އަޅުގަނޑަކަށް ހިޔެއް ނުވޭ. ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި އެފަދަ ކަމެއް ހިނގާފައި ނުވޭ. އެފަދަ ކަމެއް ހިނގާނެ ކަމަށް ގަބޫލެއް ނުކުރަން. - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްކަންދަރު ސްކޫލަށް ވަޑައިގެން ވޯޓު ލައްވައިފި.
ވ.ފުލިދުއާއި ފެލިދޫގައި ވޯޓުލުން ފެށޭނީ 11:00 ޖަހާއިރު. ފުލިދުއާއި ފެލިދޫގައި ވޯޓުލުން ފެށިފައިނުވަނީ ފުލިދޫގެ ވޯޓު ފޮށި ފެލިދުއަށް ގެންދެވިފައި ހުރުމުގެ ސަބަބުން. އެކަން ހައްލުވެ ވޯޓުލުން ފެށޭވަރުވާނީ 11:00 ޖަހާއިރު ކަމަށް މައުލޫމާތު ލިބެ.
ދެ ދާއިރާއެއް ވޯޓު އެއް ފޮއްޓަކަށް ލާތީ ހަމަނުޖެހުން ބޮޑުވެއްޖެ. އެގޮތުން އިސްކަންދަރު ސުކޫލްގައި ބެހެއްޓިފައި ހުރި ވޯޓު ފޮށިތަކުގެ މައްސަލަ ބޮޑުވެ، ބައެއް ފަރާތްތަކުން ވަނީ، އެތަނުގެ ތެރޭ އަޑުގަދަ ކޮށްފަ.
ވޯޓުލާން ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ ކުރިން، ލ. މުންދޫގައި ވޯޓުލާފައި ވާކަމަށް ބުނެ، ރައީސް މުހައްމަދު ނަޝީދުގެ އިންތިހާބީ އެޖެންޓް ހަސަން ލަތީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވަން ވަޑައިގަންނަވާނީ ހެނދުނު 10:00-10:30 އާ ދެމެދުގެ ވަގުތެއްގައި. އަދި ރައީސް މުހައްމަދު ނަޝީދު ވޯޓު ލެއްވުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، 11:00 ގަ އެވެ.
މާލޭގައި ބެހެއްޓިފައި ހުރި، ގަލޮޅުގެ ރައްޔިތުން ވޯޓުލާން ހަމަޖައްސާފައި ހުރި، ދެ ފޮށީގެ ނަމާއި ނަމްބަރު ދިމާ ނުވާކަމަށް އީވާ އަބްދުﷲ ވަނީ ވިދާޅުވެފަ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ފެށިގެން ކުރިއަށްދާއިރު، ބައެއް ވޯޓު ފޮށިތަކުގައި އަދި މިހާތަނަށް ވޯޓުލުން ފެށިފައި ނުވޭ. ދެ ދާއިރާގެ ވޯޓު އެއް ފޮއްޓަކަށް ލާން ހަމަޖައްސާފައިވާތީ ބައެއް ވޯޓު ފޮށިތައް ކައިރީ، ތިބި ފަރާތްތައް ދަނީ ޝަކުވާ ކުރަމުން.
ޕްރައިމަރީ ކެމްޕެއިންގެ މުހިއްމު ބައެއް އުސްއަލިތައް
ޕްރައިމަރީގައި މާލޭ ރަށްވެހިން ވޯޓްލުމަށް ބަހައްޓާ ވޯޓްފޮށިތަކުގެތެރެއިން ހުޅުމާލެ ދާއިރާގެ ވޯޓު ފޮށި ހުންނާނީ ރެހެންދި ސްކޫލުގައެވެ. ހެންވޭރު ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ ކަލާފާނު ސްކޫލުގައެވެ. ގަލޮޅު ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ ޖަމާލުއްދީން ސްކޫލުގައެވެ. މައްޗަންގޯޅި ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލު ހޯލުގައެވެ. މާފަންނު ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ ހިރިޔާ ސްކޫލު ހޯލުގައެވެ. އަދި ވިލިމާލެ ދާއިރާގެ ވޯޓު ފޮށި ހުންނާނީ މުހިޔުއްދީން ސްކޫލުގައެވެ.
ވ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގައެވެ. މ އަދި ދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގައެވެ. ތ އަދި ލ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިމާދުއްދީން ސްކޫލުގައެވެ. ގއ އަދި ގދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ތާޖުއްދީން ސްކޫލުގައެވެ.ފުވައްމުލައް ސިޓީގެ ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ މާފަންނު މަދުރަސާގައެވެ. އައްޑޫ ސިޓީގެ ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ އިއްޒުއްދީން ސްކޫލުގައެވެ.
މާލޭ ސަރަހައްދުގައި ބަހައްޓާ ވޯޓްފޮށި ތަކުގެ ތެރެއިން އެހެން، ހއ އަދި ހދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ސީއެޗްއެސްސީ ހޯލުގައެވެ. ށ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އަމީނިއްޔާ ސްކޫލުގެވެ. ނ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހުގައެވެ. ރ އަދި ބ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލުގައެވެ. ޅ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލު ހޯލުގައެވެ. ކ، އއ، އަދި އދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ހިރިޔާ ސްކޫލު ކޮރިޑޯގައެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން އިއްޔެ ދެ ބޭފުޅުންވެސް ނިންމަވާލެއްވީ އަމާންކަމާއިއެކުގައެވެ. ދެ ބޭފުޅުންވެސްވަނީ ސަޕޯޓަރުން ނެރެ ބޮޑު ސަޕޯޓެއް ދައްކަވާފައެވެ.
ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުންނަކީ ކުޑައިރުންސުރެ ދެ މިތުރުން ނަމަވެސް ޕްރައިމަރީއާއި ހަމައަށް ވާސިލްވިއިރު ދެ ބޭފުޅުންވަނީ ސިޔާސީ ދެ ހަތުރުންނަށް ބަދަލުވެފައެވެ.
މި ޕްރައިމަރީގައި އެޕާޓީގެ 57،257 މެމްބަރުންނަށް ވޯޓްލުމުގެ ހައްގު ލިބިގެން ވެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި، އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
ޕްރައިމަރީގައި ވޯޓްލުމަށް ރަށްރަށުގައި 194 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، މާލޭ ސަރަހައްދުގައި 49 ވޯޓް ފޮށި ބަހައްޓާނެއެވެ.
މިއަދު އޮންނަ ޕްރައިމަރީގެ ވޯޓްލުން ހެނދުނު 9:00 ގައިި ފެށޭއިރު މި އިންތިހާބުގައި 200 ވުރެ ގިނަ ވޯޓް ފޮށި ބަހައްޓާނެއެވެ.
ޕްރައިމަރީގެ ވޯޓް ލުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހަރުދަނީ ވަމުންނެވެ.