ads
LIVE BLOG
ރައީސް މުއިއްޒުއަށް ބޮޑު ތާއީދެއް - ފޮޓޯ:ޕީއެންސީ
ލައިވް ބްލޮގް: މުޅި ރާއްޖޭގެ ތާއިދާއެކު ސަރުކާރަށް ހަމަނޭވާއެއްް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު -- 20 ވަނަ މަޖިލިސް މި އިންތިހާބުގައި މަޖިލިހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. މި އިންތިހާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރިއެވެ. މުޅި ރާއްޖޭގެ ތާއިދާއެކު ސަރުކާރަށް ހަމަނޭވާއެއްް

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބެ އެވެ. އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.

2024/04/21 23:25
2024/04/21 23:22
2024/04/21 23:21
2024/04/21 22:58
2024/04/21 22:58
2024/04/21 22:57
2024/04/21 22:56
2024/04/21 21:44
2024/04/21 21:44
2024/04/21 21:43
2024/04/21 21:42
2024/04/21 21:09
2024/04/21 21:03
2024/04/21 21:02
2024/04/21 20:49
2024/04/21 20:29
2024/04/21 20:28
2024/04/21 20:26

މަޖިލީހުގެ ގިނަ ގޮނޑިތައް ސަރުކާރަށް

 

2024/04/21 19:31
2024/04/21 18:11

ބައެއް ވޯޓު ފޮށިތަކުގައި ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި.

your image

2024/04/21 17:46

ގަޑި ހަމަވުމުން ބައެއް ވޯޓު ފޮށިތައް ބަންދުކޮށްފައިވާއިރު، ކިއޫގައި މީހުން ތިބުމުން 200 އެއްހާ ފޮށި އަދި ބަންދު ނުކުރާ ކަމަށް އީސީން ބުނޭ.

your imageމަޖިލިސް އިންތިހާބު 2024 ވޯޓު ނެގުން ބަންދުވީ

2024/04/21 17:44

5 ޖެހުމާ ހަމައަށް 207،693 މީހުން ވޯޓުލި 

އަންހެން - 102،867

ފިރިހެން - 104،826

2024/04/21 17:40
2024/04/21 17:37

މިއަދު ކުރިޔަށްދިޔަ ރައްޔިތުން މަޖލީހުގެ އިންތިހާބުގެ ވޯޓުލުމުގެ ގަޑި ހަމަވެ، ވޯޓު ފޮށިތައް ބަންދުކުރަނީ. ބައެއް މަރުކަޒުގައި ކިއުގައި އަދިވެސް ބައެއް މީހުން އެބަތިބި.

2024/04/21 17:25

އިލެކްޝަންސް ކޮމިޝަނުގެ ފަހުގެ އިލްތިމާސް

2024/04/21 17:20

ވޯޓުލުމުގެ ރަސްމީ ވަގުތު ހަމަވާން 10 މިނެޓަށްވެފައިވާއިރު ގިނަ މަރުކަޒުތަކުގައި މީހުން ނެތް. އެހެންނަމަވެސް ބައެއް ފޮށިތަކުގައި އަދިވެސް ކިއުތައް އެބައޮތް.

2024/04/21 17:00

ވޯޓުލުމުގެ ހައްގު ލިބިގެންވާ 63 އިންސައްތަ މީހުން ވޯޓުލައިފި.

އަންހެން - 139،361

ފިރިހެން - 145،302

your imageހަވީރު 4:00 އާ ހަމައަށް ވޯޓުލީ މީހުންގެ ހިސާބުތައް

2024/04/21 15:58
2024/04/21 15:57

މެންދުރު 3 ޖެހުމާ ހަމައަށް 160،158 މީހުން ވޯޓުލާފައިވާ ކަމަށް އީސީން ބުނޭ. އެއީ 56.26 އިންސައްތަ. ބާކީ ވޯޓު ނުލާ ތިބީ 124،505 މީހުން.

2024/04/21 15:49

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓުލާން ވަޑައިގަތުމަށް ފަހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އިންތިހާބަށް ''ކަޑަ ޖަހަން'' އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް.

މި ސަރުކާރާއި ނިމިދިޔަ ސަރުކާރުން ވެސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްތައް ކުރި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި.

2024/04/21 15:48

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓުލައްވައިފި.

2024/04/21 15:33

މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު ނުލާ މީހުންނަށްް ވުރެ މައްޗަށް 

ވޯޓުލީ 148،894 (52.31 އިންސައްތަ)

ވޯޓުނުލާ ތިބި އަދަދު 135،769 (47.69 އިންސައްތަ)

2024/04/21 15:28

ގާނޫނާ ހިލާފުވެގެން 3 މީހަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަނުގައި މިހާތަނަށް ޖުމުލަ 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނޭ. ފުލުހުން ބުނެފައި ވަނީ ހައްޔަރުކުރީ ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން އެކަކު އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީން ދެ މީހުން ކަމަށް. 

2024/04/21 14:55

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މަޖިލިސް އިންތިހާބުގައި ވޯޓުލައްވައިފި. 

2024/04/21 14:19

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގެ ވަގުތީ ރައީސް އަދި ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން ވޯޓުލައްވައިފި. އަދި ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވެސް ވަނީ ވޯޓުލައްވާފައި.

2024/04/21 14:14

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވެސް ވޯޓުލައްވައިފި.

2024/04/21 14:04

އިލެކްޝަންސްގެ އިލްތިމާސް

"ހުރިހާ ރައްޔިތުން ވެސް ވޯޓުލާން ނިކުމެ، ވޯޓުލުމުގެ ހައްގު ވީ އެންމެ އަވަހަށް އަދާކޮށް ނިންމަވާ"

2024/04/21 13:56

އެކެއް ޖެހުމާ ހަމައަށް 51،976 އަންހެނުންނާއި 61،651 ފިރިހެނުން ވަނީ ވޯޓުލާފައި. މިހާތަނަށް އައިއިރު ވޯޓުލާފައި ވަނީ 39.92 އިންސައްތަ މީހުން.

2024/04/21 13:50

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވޯޓުލައްވައިފި.

2024/04/21 13:39

މެންދުރުގެ މި ހޫނުގައި ވޯޓުލާ މަރުކަޒުތައް ފެންނަނީ ހުސްކޮށް.

your image

2024/04/21 12:55

ބާކީ 5 ގަޑިއިރު، ދެބައިކޮށްފައި އެއްބައި މީހުން ވެސް ވޯޓުލާން އަދި ނުނިކުމޭ.

2024/04/21 12:29

މެލޭޝިޔާގައި ވޯޓްލާ ދިވެހިންނަށް މިފަހަރުވެސް އެމްބަސީން ކެއުން ހިލޭ

2024/04/21 12:11

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ވޯޓުލައްވައިފި.

your image

2024/04/21 11:51

ވޯޓުލާން ފެށިތާ ތިން ގަޑިއިރު، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދު.

2024/04/21 11:43

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި. އެމަނިކުފާނު ރާއްޖެެ ވަޑައިގަތީ މިިދިޔަ ހުކުރު ދުވަހު. 

2024/04/21 11:37

މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ކޮމާންޑް ސެންޓަރަށްް ކޮމިޝަނަ އޮފް ޕޮލިސް ވަޑަައިގެން އެ އޮޕަރޭޝަނުގެ ކަންކަން ގާތުން ބައްލަވާލައްވަނީ.

your image

2024/04/21 11:33

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވޯޓުލައްވާފައި.

your image

2024/04/21 11:27

މާލޭގެ މޭޔަރު އާދަމް އާޒިމް މަޖިލިސް އިންތިހާބުގައި ވޯޓުލައްވައިފި.

2024/04/21 11:21

ކުރީގެ ރައީސް މައުމޫންް އަބްދުލްގައްޔޫމް ވޯޓުލައްވައިފި. 

your image

2024/04/21 11:08

ޖުމްލަ 263 މަރުކަޒެއްގައި އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުން: އެޗްއާރުސީއެމް 

އެ ކޮމިޝަނުގެ އޮބްޒާވަރުން ދަނީ އަތޮޅުތެރޭގެ 93 މަރުކަޒަކާއި ގުރޭޓާ މާލޭގެ 168 މަރުކަޒަކާއި ޖަލުގައި ބެހެއްޓޭ ދެ މަރުކަޒެއްގައި ހަރަކާތްތެރިވަމުން.

2024/04/21 11:01

މިހާތަނަށް ވޯޓުލީ 47،296، ވޯޓު ނުލާ 237،367 މީހުން

ދެ ގަޑިއިރުގެ ތެރޭގައި ވޯޓުލާފައި މިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 16.67 އިންސައްތަ މީހުން.

2024/04/21 10:57

މެލޭޝިއާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވެސް ވޯޓުލުން މިހާރު ވަނީ ފެށިފައި.

2024/04/21 10:53

ވޯޓްލާ މަރުކަޒުތައް ހިމެނޭ ސަރަހައްދުގައި ފުލުހުން ގެންދަނީ ސަލާމަތީ ކަންކަން ބަލަހައްޓަވަމުން. މަގުމަތީގެ ޓްރެފިކް ފްލޯއަށް ވެސް ބައެއް ބަދަލުތައް ފުލުހުން އަންނަނީ ގެންނަމުން. އަދި ބޮޑީވޯން ކެމެރާ ބޭނުންކޮށް މަންޒަރުތައް މައި ކޮމާންޑް ސެންޓަރަށްް ފެންނަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައި. 

2024/04/21 10:48

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިހާރު ވަނީ ވޯޓުލައްވާފައި. އެމަނިކުފާނު ވޯޓުލެއްވީ ހިންނަވަރު ދާއިރާއަށް. ވޯޓުލެއްވުމަށް ފަހުގައި އެމަނިކުފާނު މިހާރު ގެންދަވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން.

2024/04/21 10:40
2024/04/21 10:40

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓުލެއްވުމަށް ޖަމާލުއްދީން ސްކޫލަށް ވަޑައިގެންފި.

2024/04/21 10:35

ރާއްޖޭން ބޭރުގައި ވޯޓުލުން ކުރިއަށްދާނެ ގަޑިތައް: (އެގައުމުގެ ގަޑިން)

  • ޓްރިވެންޑްރަމް: ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
  • ކޮލަމްބޯ: ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
  • ކުއަލަލަމްޕޫރު: ހެނދުނު 11:00 އިން ރޭގަނޑު 08:30 އަށް
2024/04/21 10:33

ވޯޓުލާ މަރުކަޒު ކައިރީ މަޑުނުކުރުން އެދެން: ފުއާދު

ފުއާދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ މިއަދު ކެމްޕޭނު ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް. އެހެންކަމުން ވޯޓުލުމަށްފަހު އެ ސަރަހައްދުގައި މަޑުނުކޮށް ދިއުމަކީ އެދޭ ކަމެއް ކަމަށް ވިދާޅުވި. 

2024/04/21 10:14

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މަޖިލިސް އިންތިހާބުގެ ވޯޓުލައްވައިފި.

2024/04/21 10:10

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުން

އެއް ގަޑިއިރުގެ ތެރޭގައި ވޯޓުލީ 24،703 މީހުން. އެއީ ވޯޓުލެވޭ އާބާދީގެ 8.68 އިންސައްތަ މީހުން.

2024/04/21 09:49

ދޫނިދޫ ފޮއްޓަށް ވޯޓުލާން ދިއުމަށް ހަމަޖެހިފައިވާ ފެރީ ޝެޑިއުލް ފުލުހުން ވަނީ އާންމުކޮށްފައި.

2024/04/21 09:44

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓުލައްވައިފި. އެކަމަނާ ވޯޓުލެއްވީ އަމީނިއްޔާ ސްކޫލުގައި ހުންނަ ފޮއްޓަށް.

your image

2024/04/21 09:22

ހުރިހާ ވޯޓުލާ މަރުކަޒެއްގެ ވޯޓުނެގުން ވަނީ ފެށިފައި: އީސީ

2024/04/21 09:10

ވޯޓުލާ މަރުކަޒުތަކުގައި ބޭރުގެ އޮބްޒާވަރުން އަންނަނީ ހަރަކާތްތެރިވަމުން.

your image

2024/04/21 09:01

ފުއާދުގެ މެސެޖު: ވޯޓުލުމަކީ ގައުމީ ވާޖިބެއް، މިނިވަންކަމާ އެކު ވޯޓުދެއްވާ

"ވޯޓުލުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް. ގައުމީ ވާޖިބެއް. އެކަން އަދާކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް. އެމީހަކަށްޓަކައި އެމީހެއްގެ ފަރާތުން އެމީހަކު ދެކޭގޮތުގައި އެމީހެއްގެ އަޑު މަޖިލިހުގެ ތަޅުމުގައި އުފުލަން އެންމެ އެކަށީގެންވާ، އެކަމަށް އެންމެ ގާބިލު، އެކަމަށް އެންމެ ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ މީހަކަށް އެ ވޯޓު ދެއްވީމަ ހުންނާނީ ރަނގަޅަށް،"
2024/04/21 08:56

ވޯޓުލާން އަވަހަށް ނިކުންނަވާ: ރައީސް

ތާޖުއްދީން ސްކޫލް ހޯލްގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާތަކަށް އިލްތިމާސްކުރެއްވީ ހުރިހާ ރައްޔިތުން ވެސް ނިކުމެ ވީހާ ވެސް އަވަހަކަށް ވޯޓުލައި، އެ މީހުންގެ ޒިންމާ އަދާކޮށްދެއްވުމަށް. 

2024/04/21 08:54

ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން މަޖިލިސް އިންތިހާބުގައި ވޯޓުލައްވައިފި.

2024/04/21 08:52

ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވަނީ ވޯޓުދެއްވައިފި. އެމަނިކުފާނު ވޯޓުލައްވާފައި ވަނީ ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮއްޓަށް.

2024/04/21 08:10

ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ގިނަ މަރުކަޒުތަކުގައި ފަށައިފި.

ގިނަ މަރުކަޒުތަކުގައި މިއަދު ހެނދުނު 8:00 ގައި ވަނީ ވޯޓުލުން ފަށާފައި. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:30 އާ ހަމައަށް. ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އީސީން ވަނީ ބުނެފައި.

2024/04/21 08:02

މަޖިލިސް އިންތިހާބުގައި ވޯޓުލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު 8:30 ގައި ތާޖުއްދީން ސްކޫލަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައި. ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަޑައިގަންނަވާނީ 9:15 ގައި އަމީނިއްޔާ ސްކޫލަށް.

your imageވޯޓުލާ މަރުކަޒެއްގެ ބެހެއްޓިފައި ހުރި ވޯޓުލާ މީހުންގެ ލިސްޓެއް މީހަކު ބަލަނީ

2024/04/21 07:52

ވޯޓުލާން މަރުކަޒުތަކުގެ ކައިރީގައި މީހުން ކިއު ޖެހެން ފަށައިފި

މީހުން ވަނީ ވޯޓުލާ މަރުކަޒުތައް ކައިރީ ހެނދުނު ހަތެއް ޖެހުމުގެ ކުރިން ކިއު ދަމާލާފައި. މި އިންތިހާބުގައި ވީހާވެސް އަވަހަކަށް ނުކުމެ ވޯޓުލާން ދިއުމަށް އިލެކްޝަން ކޮމިޝަނުންނާއި އަދި ސިޔާސީ ޕާޓީތަކުން ވެސް ވަނީ އެދިފައި.

އިންތިހާބުގައި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ބަލި މީހުންނާ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭނެ. އަދި ކުރީގެ ރައީސުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުން އަދި ނައިބުންނަށް ވެސް ލެވޭނެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް