Venom ge Dhevana Baeh Nerenee
image
ވެނޮމްގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

ވެނޮމްގެ ދެވަނަ ބައެއް ނެރެނީ

މަޝްހޫރު ހޮލީވުޑް ފިލްމު 'ވެނޮމް'ގެ ދެވަނަ ބައެއް ހަދަން އުޅޭކަމަށް ބޭރުގެ ހަބަރުތަކުން ބުނެފި އެވެ.
މިދިޔަ އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން ވެނޮމް އަކީ އެންމެ ބޮޑު ކާމިޔާބެއް ލިބުނު އެއް ފިލްމޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ފިލްމަށް 855 މިލިއަން ޑޮލަރު ލިބިފައިވާއިރު ގިނަ ބަޔަކު ތިބީ ފިލްމުގެ ދެވަނަ ބައެއް އަންނާނެ ކަމުގެ އުންމީދުގަ އެވެ.

އެ އުންމީދު ތަކަށް މިހާރު ވަނީ ކުލަވަރެއް އައިސްފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ވެނޮމްގެ ދެވަނަ ބައި 2020 ވަނަ އަހަރު ނެރޭނެ އެވެ. އެގޮތުން އެފިލްމުގެ ދެވަނަ ބައިގައި ވެސް ފެނިގެންދާނީ ފުރަތަމަ ބައިން ފެނުނު ޓޮމް ހާޓީ އާއި މައިކަލް ވިލިއަމް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ ދެ ފަންނާނުންގެ އިތުރުން ވުޑީ ހަރެލްސަން ވެސް ފިލްމުގައި ފެނިގެންދާނެ އެވެ. ފިލްމުގެ ދެ ވަނަ ޕްރޮޑިއުސް ކުރުމަށް ނިންމާފައިވަނީ ބައި އަވީ އަރާދް، މެޓް ޓޮލްމަޗް އަދި އެމީ ޕަސްކަލް އެވެ.

ވެނޮމް ނެރެފައިވަނީ 2018 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހެވެ. އެފިލްމު ޑައިރެކްޓު ކޮށްފައިވަނީ ރުބެން ފްލައިސްޗާ އެވެ.
ހިޔާލު