7 Kilo ge masthuvaa thakehchaa eku hayyarukuri Shantey dhookohlaifi
image
ޝާންޓޭ (މ): އޭނާ ހައްޔަރު ކުރީ ހަތް ކިލޯ މަސްތުވާތަކެއްޗާ އެކު.-- ފޮޓޯ: ސަން
4 ކޮމެންޓް
 

ހަތް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ޝާންޓޭ ދޫކޮށްލައިފި

ހަތް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މަޝްހޫރު ބޮޑީ ބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ދޫކޮށްލައިފި އެވެ. dhi2
މިދިޔަ ޑިސެންބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ޝާންޓޭ ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުންނެވެ.

"ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފައި" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

ސީއެންއެމަށް އެގިފައިވާ ގޮތުގައި ޝާންޓޭ ދޫކޮށްލާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ގައުމީ އިނާމު ހޯދާފައިވާ ޝާންޓޭ ވަނީ 2017 ވަނަ އަހަރު ބޭއްވި އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެ އަށް ރަން މެޑެލް ހޯދައިދީފަ އެވެ.
ހިޔާލު

ބީބާ

ބަލަ ޖަހާބަލަ ޝާންޓޭ އަކީ އަދީބު ބްރޯގެ ޅިޔަނޭ!

ާއެޅަބެއްޔާ

ސުއޫދު މެން ފާޑުފާޑު ގެ ދޮގު ވާހަކަ ދައްކާކަން މި އޮތީ ޔަޤީންވެ ނިމިފާ

ގިނިކަދު

އެންމެ 7 ކިލޯއެއްނު އެއީ ޖިނާއީ އިޖުރާޢތުގެ ޤާނޫނުގައި ކަނޑައަލާފައިވާ އެންމެ ދަށުދަރަޖައިގެ ކުށަކަށްވާތީ ބަންދުން ދޫކޮށްލީ އެހެންނޫންނަމަ ދުލެއް ނުކުރާނެ ހަމަ އެކަނި ކުރެވުނު ތުޚުމަތަކަށް ބަންދުކޮށް ޝަރީޢަތް ނިމެންދެން މުއްދަތު ޖަހާފަ ތިބި އެތައް ބަޔަކު ޖަލުގެ ތޭރިތަކުގެ ތެރޭގަ އެބަތިބި ބަންދާއިމެދު ލުއިގޮތެއް ދެއްވުމަށް އެދޭއިރަށް ވިދާޅުވަނީ ބޮޑުކުށަކަށްވާތީ ލުއި ދެވެންނެތްކަމަށް މީހަމަ އެކަނި ތުޚުމަތުކުރެވޭ މީހުން އެކަމަކު 7 ކިލޯ އެ ނުވޭ މާ ބޮޑުކަމަކަށް ބޮޑުކެކުރިއާ ކުޑަކެކުރީގެ އުސޫލު (އެންމެނަށް އިންސާފު)

ނޭފަތުފޫޅު

ނޯ ކޮމެންޓް ؟؟؟؟؟؟؟؟ 7 ކިލޯ އާއި އެކުތޯ ހަމަ ހައްޔަރުކުރީ؟؟؟؟؟؟؟ ކޯޓަށް އެއްވެސް ނޫފޫޒެއް ނެތްތާ ދޯ !!!!!!