Dhuniyeyge Enme Cute Kuhthaa Maruvejje
image
ދުނިޔޭގެ އެންމެ "ކިއުޓް" ކުއްތާ މަރުވުން--
1 ކޮމެންޓް
 

ދުނިޔޭގެ އެންމެ "ކިއުޓް" ކުއްތާ މަރުވެއްޖެ

ދުނިޔޭގެ އެންމެ "ކިއުޓު" ކުއްތާ އުމުރުން 12 އަހަރުގައި މަރުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި "ބޫ" ނަން ދީފައިވާ އެ ކުއްތާ މަރުވެފައިވާކަން އޭތީގެ ވެރިފަރާތުން ވަނީ އެ ކުއްތާގެ 16 މިލިއަނަށް ވުރެ ގިނަ ފޭސްބުކް ފޮލޯވަރުންނަށް ހިއްސާކޮށްފައެވެ. ބޫ މަރުވެފައި މިވަނީ އޭތީގެ އެންމެ ގާތް "ބަޑީ" ވެސް މިދިޔަ އަހަރު މަރުވެފައި ވަނިކޮށެވެ.

އެމެރިކާއަށް ނިސްބަތްވާ މީހަކު ގެންގުޅޭ އެކުއްތާ މަރުވި ހަބަރު އޭތީގެ ފޮލޯވަރުންނަށް ހިއްސާކޮށް އެމީހާ ބުނީ، ބަޑީގެ މަރަށް ފަހު "ބޫ"އަށް ހިތުގެ މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ. އަދި ބޫ މަރުވީ އެކަމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ބޫގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައި އޭތީގެ ގިނަ ވީޑިއޯތަކެއް ވެރިފަރާތުން ވަނީ ހިއްސާކޮށްފައެވެ. އަދި އޭތީގެ ކުއްލި މަރާއެކު ފޮލޯވަރުންނަށް ސިހުމެއް ގެނުވާފައިވާއިރު އެއީ ގިނަ ބައެއްގެ މޫނުމައްޗަށް ހިތުންވުމެއް ގެނުވާފައިވާ ކުއްތާއެއް ކަމަށް ފޮލޯވަރުން ބުނެއެވެ.

ބޫއަށް ވަނީ ތަފާތު ފޮތްތަކުން ވެސް ފެނިލުމުގެ ފުރުސަތު ލިބިފައެވެ. އެގޮތުން 2011 ވަނަ އަހަރު ނެރުނު "ބޫ: ދަ ލައިފް އޮފް ދަ ވޯލްޑްސް ކިއުޓެސްޓް ޑޯގް" ހިމެނެއެވެ.
މަރު ފޭޑި
ހިޔާލު

މޫސަ

އަހަރެން ހާދަ މިސްވޭ މިކުއްތާ. ކުއްތާއަކީ ވަރަށް ލޯބި، އަދި އެހާ ރަގަޅު ޖަނަވާރެއް