Horafusheegai Airport Elhumah Ehbasvejje
image
0 ކޮމެންޓް
 

ހޯރަފުށީގައި އެއާޕޯޓު އެޅުމަށް އެއްބަސްވެއްޖެ

ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާއި، މޯލްޑިވިސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ، އެމްޓީސީސީއާ ދެމެދު އެއްބަސް ވެއްޖެއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓްރާމްސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި، އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ.

ހޯރަފުށީ އެއާޕޯޓަކީ ކުރިން ހއ. މާފިނޮޅުގައި ތަރައްގީކުރަން ނިންމި އެއާ ޕޯޓެކެވެ. އެހެން ނަމަވެސް އެރަށުގައި އެއާޕޯޓު ނާޅަން ނިންމީ " ފެހިކަން ގަދަ ރަށްރަށުގެ ފެހިކަން ގެއްލޭނެހެން ތަރައްގީގެ މަޝްރޫއުތަށް ކުރިއަށް ނުގެންދަން ވެގެން ނާއި ހޯރަފުއްޓަކީ މިހާރުވެސް ބިން ބޮޑު ރަށަކަށްވުމުން ކަމަށް" އެމްޓީސީސީން ވަނީ މީގެކުރިން ބުނެފައެވެ.

ހިޔާލު