Hulhumale' gai roavi alifaan adhives nivai ulevey!
image
ހުޅުމާލޭގައި އަލިފާން ރޯވެފައި
އަހުމަދު
0 ކޮމެންޓް
 

ހުޅުމާލޭގައި ރޯވި އަލިފާން އަދިވެސް ނިއްވާ ނުލެވޭ!

ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގެ އިރުން އޮންނަ ގަސްތަކުގައި މިއަދު ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާ ނުލެވެއެވެ.
އެމްއެންޑީއެފުން ބުނީ ފެރީޓާމިނަލާއި ސެންޓްރަލް ޕާކާއި ދެމެދުގައި އޮންނަ ބިމުގައި ހުރި ގަސްތަކުގައި ރޯވެފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު ފަހު 13:21 ގައި ކަމުގައެވެ. އަދި ރޯވީ އެސަރަހައްދުގައި ހުރި ވިނަތަކެއްގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ނަމަވެސް އެސަރަހައްދުގައި އަލިފާން ރޯވީ ކީއްވެކަމެއް އެމްއެންޑީއެފުން ނުބުނެއެވެ. މިދުވަސްވަރަކީ އާދަޔާއި ހިލާފަށް ހޫނުގަދަ ދުވަސްވަރެކެވެ.

އަލިފާން ގަނޑު އިތުރަށް ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އަލިފާން އަދި އެއްކޮށް ނިއްވައެއް ނުލެވެއެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދި އެއާޕޯޓް ފަޔަރޓީމުންދަނީ އަދިވެސް ހަރަކާތްތެރި ވަމުންނެވެ.

މީގެ އިތުރުން އަލިފާން ރޯވެފައިވާ ސަރަހައްދުގެ މަގުތައް ބަންދުކޮށް ފުލުހުން ގެންދަނީ ފޯރި މަރަމުންނެވެ.
ހިޔާލު