Dhuniyeyge enme reethi miskiythah: 6 vana Pakistan ge Faisal Miskithah
image
ޕާކިސްތާނުގެ ފައިސަލް މިސްކިތް--
1 ކޮމެންޓް
 

އެންމެ ރީތި މިސްކިތްތައް: ހަ ވަނަ ޕާކިސްތާނުގެ ފައިސަލް މިސްކިތަށް!

"ދުނިޔޭގެ އެންމެ ރީތި މިސްކިތްތައް" މިބައިގެ ހަ ވަނަ އަށް ހޮވިފައި ވަނީ ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބިނާކުރެވިފައިވާ ފައިސަލް މިސްކިތެވެ.
ފައިސަލް މިސްކިތަކީ ދުނިޔޭގައި ހަތަރު ވަނައަށް އެންމެ ބޮޑު މިސްކިތެވެ. 1976 ވަނަ އަހަރު ބިނާކުރަން ފެށި މި މިސްކިތަކީ 54000 އަކަ ފޫޓުގެ ހިމެނޭ މިސްކިތެކެވެ.

ފަރުބަދަތައް ވަށާލެވިފައިވާ ސަރަހައްދެއްގައި ބިނާ ކުރެވިފައިވާ ފައިސަލް މިސްކިތުގެ ޑިޒައިން އެހެން މިސްކިތްތަކާއި ވަރަށް ތަފާތެވެ. އެގޮތުން މި މިސްކިތަކީ ގުއްބެއް ހުންނަ މިސްކިތެއް ނޫނެވެ. އެކަމަކު ޓެންޓެއްހެން ހުންނަ މި މިސްކިތުގެ ހަތަރު ފަޅީގައި ހަތަރު މުންނާރު ހުރެއެވެ.

މިސްކިތާއި މިސްކިތުގެ ބޭރުގައި އެއް ފަހަރާއި ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެމިސްކިތް ހިމެނެނީ ހިތްފަސޭހަ ރީތި ސަރަހައްދެއްގައެވެ. އެގޮތުން ވަށައިގެން ފަރުބަދަތަކާއި ފެހި ގަދަ ގަސްތަކުން ޖަރީވެފައިވާ އެ މިސްކިތަކީ ޕާކިސްތާނަށް ޒިޔާރާތްކުރާ މީހުންގެ މެދުގައި މަގްބޫލު މިސްކިތެކެވެ.
ހިޔާލު

އަލިފުތު

އެއޮށްބޮޑު މިސްކިތުގެ ތެރޭގައި އެއްވެސް ވަރަކަށް ތަނބު ނުހުންނަ ވާހަކަ ހިމަނާލިނަމަ