Saafu vayah bicycle ge namugai harakaatheh baahvaifi
image
އިއްޔެ ބޭއްވި އެހަރަކާތުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

"ސާފު ވަޔަށް ބައިސްކަލް" ނަމުގައި ހަރަކާތެއް ބާއްވައިފި

އެންވާރަމަންޓް މިނިސްޓްރީ އާއި ބައިކް މޯލްޑިވްސް ގުޅިގެން "ސާފު ވަޔަށް ބައިސްކަލް" ގެ ނަމުގައި ބައިސްކަލު ދުއްވުމުގެ ހަރަކާތެއް ބާއްވައިފި އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އެ ހަރަކާތް ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ހުޅުމާލޭ ފެރީ ޓާމިނަލުން ފެށި އެ ހަރަކާތް ނިންމާލާފައި ވަނީ ސޯޝަލް ސެންޓަރަށެވެ.

އެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވައި ތަގައްޔަރުވާ މިންވަރު މާލެ ފަދަ އާބާދީ ބޮޑު، ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި އިތުރުވަމުންދާ ކަމަށެވެ.

އެހަރަކާތަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ވަރަށް މުހިންމު ހަރަކާތެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ޒާހިރު ވަނީ އެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވިދާޅުވެފަ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގައި ޖޫން މަހުގެ ފަސްވަނަ ދުވަހު އެވެ. އެގޮތުން މިއަހަރުގެ ދުނިޔޭގެ ތިމާވެށި ދުވަހުގެ ޝިއާރަކީ ވައިގެ ތަޣައްޔަރުކުރުމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ޝިއާރެކެވެ.
ހިޔާލު