Vazeefaa ge sababun ves barudhan ithuru vey!
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ވަޒީފާގެ ސަބަބުން ވެސް ބަރުދަން އިތުރުވޭ!

ގިނަ މީހުންނަކީ މަދުވެގެން ދުވާލަކު އަށް ގަޑިއިރު ވަޒީފާގެ މާހައުލުގައި ހޭދަކުރާ މީހުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އުޅޭ ވަޒީފާއެއްގެ ގޮތުން ވެސް މީހާގެ ބަރުދަން އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ވަޒީފާގައި އުޅޭ މީހުންގެ ތެރެއިން ތިން ބައި ކުޅަ އެއްބައި މީހުންގެ ބަރުދަން އިތުރުވަނީ ވަޒީފާގެ ކަންތައްތަކުގެ ސަބަބުންނެވެ. 1200 މީހުން އެކަމަށް އެއްބަސްވެ 75 އިންސައްތަ މީހުން ބުނި ގޮތުގައި އެކަމުގެ ސަބަބުން ހިތާމައާ ކުރިމަތިލާން ޖެހެ އެވެ.

ވަޒީފާގެ މާހައުލުގައި ބަރުދަން އިތުރުވުމަށް މެދުވެރިވާ ކަންތައްތައް

1. ގިނަ ވަގުތު އެއްތަނެއްގައި އިންނަން ޖެހުން: ވަޒީފާގައި ގިނަ ވަގުތު އެއް ތަނެއްގައި އިންނަން ޖެހި ހަށިގަނޑަށް ލިބޭ ކަސްރަތު މަދުވުމަކީ މީހާ ބަރުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

2. ފިކުރުބޮޑުވުން: ހަށިގަނޑުގައި ސްޓްރެސް ހޯމޯންސްތައް ގިނަވުމަކީ ތެޔޮ އަދި ހަކުރު ހިމެނޭ ކާނާތައް ކެއުމަށް މަގުފަހިވާ ކަމެކެވެ.

3. ރޭގަނޑު ގިނަ ވަގުތު ވަޒިފާގައި ހޭދަކުރުން: ރޭގަނޑުގެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކޮށް ނިދި ނުލިބުމުން ބަރުދަން އިތުރުވެ އެވެ.

4. ހުސް ވަގުތުގައި ކެވޭ ކާނާގެ ސަބަބުން: ގިނަ ދުވަސް ދުވަހު ވަޒީފާގައި ލިބޭ ހުސް ވަގުތުގައި ކާން އިހުތިޔާރު ކުރެވެނީ ކައިރީގައި ހުންނަ ރެސްޓޯރަންޓަކުން ނުވަތަ ކެފޭ އަކުންނެވެ. އެގޮތުން ސިއްހަތަށް ނުރަނގަޅު ކާނާ ނުވަތަ ލުއި ކާނާގެ ސަބަބުން ބަރުދަން އިތުރުވެ އެވެ.

5. އިރުގެ އަލި ލިބުން މަދުވުން: ސައިންސްވެރިން ބުނާ ގޮތުގައި ހެނދުނު ވަގުތު ލިބޭ އިރުގެ އައްޔަކީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ އެއްޗެކެވެ.

6. ޓެކްނޮލޮޖީގެ ވަސީލަތްތައް ގިނައިން ބޭނުން ކުރުން: އެފަދަ ވަސީލަތްތަކާ މާ ބޮޑަށް އަހުލުވެރިވުމަކީ ''ސްޓްރެސް'' އިން ސަލާމަތް ވުމަށް ދަތިވެ، ބަރުދަން އިތުރުވާން މަގު ފަހިކޮށްދޭ ކަމެކެވެ.
ފޭޑި ސިއްހަތު
ހިޔާލު