Lee jong Suk aai Kwon Rahtehivegen ulhey vaahaka dhogu kohfi
image
ލޯ ޖޮން ސުކް އާއި ނާރާ--
0 ކޮމެންޓް
 

ލީ ޖޮން ސުކް އާއި ނާރާ ރައްޓެހިވެގެން އުޅޭ ވާހަކަ ދޮގުކޮށްފި

ސައުތު ކޮރެއާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ލީ ޖޮން ސުކް އާއި ކްވޮން ނާރާ ރައްޓެހިވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.
އުމުރުން 29 އަހަރުގެ ޖޮން ސުކް އާއި ނާރާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ފެތުރުނުތާ މާ ގިނައިރުތަކެއް ނުވެ ޖޮން ސުކް ވަނީ އެކަން ދޮގުކޮށްފަ އެވެ.

ކޮރެއާގެ މުނިފޫޙިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނާ ގޮތުގައި، މީގެ ދުވަސްތަކެއް ކުރިން އެމީހުން ލޯބީގެ ގޮތުން ގުޅުނީ ދުވަސްތަކެއް ވަންދެން އުކުވެރިންގެ ގޮތުގައި ތިބުމަށް ފަހެވެ. އަދި ރައްޓެހިވުމަށް ފަހު ޖުން ސުކް ވަނީ އޭނާގެ އެޖެންސީ، އަ މެން ޕްރޮޖެކްޓާ ގުޅުމަށް ދައުވަތު ދީފަ އެވެ.

އުމުރުން 28 އަހަރުގެ ނާރާއަކީ ސައުތު ކޮރެއާގެ މިއުޒިކް ބޭންޑެއް ކަމަށްވާ، "ދަ ވީނަސް" ގެ މެމްބަރެކެވެ. އެކަމަކު މިދިޔަ ޖޫން މަހުގެ ތެރޭގައި އެބޭންޑުގައި ޖެހުނު މައްސަލަތަކާއެކު ނާރާ އެ ބޭންޑުން ވަކިވެފައިވާ ކަމަށް ވެއެވެ.
View this post on Instagram

😁😁😁😁히히히히히

A post shared by 이종석 (@jongsuk0206) on


View this post on Instagram

Amanproject, Kwon nara

A post shared by kwonnara (@hv_nara) on


ދެމީހުން ރައްޓެހިވި ކަމުގެ އަޑުތައް ގަދަވީ ސައުތު ކޮރެއާގެ ވެރިކަން ކުރާ ސިޓީ، ސޯލުގެ ރެސްޓޯރަންޓަކުން ދެ ފަހަރެއްގެ މަތިން އެދެމީހުން އެކުގައި ފެނުމުންނެވެ.

ޖޮން ސުކަކީ މަޝްހޫރު ސީރީޒް "ޕިނޯކިއޯ" އިން ވެސް ފެނިގެން ދިޔަ ތަރިއެވެ. އޭނާ ވަނީ "ޑޮކްޓާ ސްޓްރޭންޖާ" އާއި "އައި ކޭން ހިއާ ޔުއާ ވޮއިސް" އަދި "ސީކްރެޓް ގާޑެން" ފަދަ ކާމިޔާބު ސީރީޒްތަކުން ފެނިގެންގޮސްފަ އެވެ. ދިހަ ސީރީޒެއްގައި މަސައްކަތް ކުރި ޖޮން ސުކަށް 30 އަށް ވުރެ ގިނަ އެވޯޑު ލިބިފައި ވެއެވެ.

ލަވަކިޔުމުގެ އިތުރުން ނާރާ ވެސް އަންނަނީ ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ ވަނީ "ސަސްޕިޝިއަސް ޕާޓްނާ" އާއި "މައި މިސްޓާ" އަދި "ޑޮކްޓާ ޕްރިޒަނާ" އިން ވެސް ފެނިގެންގޮސްފަ އެވެ.
ހިޔާލު