Ramzee ah ithuge bodu operation kuran jehifai, beynunvanee ehee eh!
image
ރަމީޒު---ފޮޓޯ:ސޯޝަލް މީޑިއާ
ފައުޒާ މުހައްމަދު
3 ކޮމެންޓް
 

ރަމްޒީއަށް ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައި، ބޭނުން ވަނީ އެހީއެއް!

ރަމްޒީކީ ދެކުދިންގެ ބައްޕައެކެވެ. ނަމަވެސް އޭނާ ދެފިރިހެން ދަރިންނާ އަންހެނުންނާއެކު ދުނިޔޭގައި އުޅެމުންދަނީ ހިތްދަތި ދުވަސްތަކެކެވެ. ބަލިން މިންޖުވުމަށް ތާ އަބަދު އެދި އެދި ވާ ހާލުގައެވެ.
ބ. ކުޑަރަކިލަށް އުފަން އުމުރުން 38 އަހަރުގެ އަހުމަދު ރަމްޒީއަކީ 2002 ވަނަ އަހަރު ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެކެވެ. ނަމަވެސް އޭރު އެ އޮޕަރޭޝަން ކޮށްފައިވަނީ އެންމެ އެކަށީގެންވާ ގޮތަށް ކަމުގައި ނޫންކަމުން ކުރިން ހިތަށް ލޭ ފޮނުފައިދޭ ރިޕެއާ ކޮށްފައިވާ ވޭލުލް ލީކު ވަމުންދާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރަމްޒީގެ ހާލަތު ސީއެންއެމް އަށް ކިޔައިދެމުން އޭނާގެ އަންހެނުން ފާތިމަތު ރަޝީދާ ބުންޏެވެ.

"2002 ވަނަ އަހަރު ހިތުގައި ލޯވަޅެއް ހުރެގެން ލޯވަޅު ބައްދާ ނެރުނު ފަހުން އެނގުނީ ހިތުގެ ވޭލްވް ވީކް ވާ ކަން. ދެން އެހެންވެ އެއަހަރު ހިތުގެ ވޭލްވް ރިޕެއާ ކޮށް އޮޕަރޭޝަން ކުރީ، ނަމަވެސް މިހާރު ވާގޮތަކީ އެތަނުން ލީކު ވަނީ"

ރަޝީދާ ބުނިގޮތުގައި މިކޮޅުން ޓެސްޓު ހަދާ ބެލުމުން މިޙާރު އިތުރަށް ލީކުވާ ތިން ތަން ހުރެއެވެ. އަދި އޮކްސިޖަން ހަށިގަނޑު ތެރޭ ހިފަހައްޓަނީ 15 އިންސައްތަ ކަމަށް ރަޝީދާ ބުންޏެވެ.

ރަމްޒީށް އެކަމާ ގުޅިގެން ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާއިރު އޭނާއަށް ރަނގަޅަށް ނުވެސް ކެވޭ ކަމަށް ރަޝީދާ ވަނީ ބުނެފައެވެ. އަދި ރަމްޒީއަށް ވަޒީފާ އަދާ ކުރުމަށް ވެސް ދަތިތަކާ ކުރިމަތިި ލާން ވެސް ވަނީ ޖެހިފައެވެ.

"ހަފްތާއަކު އެއް ދުވަހު އައިޖިއެމްއެޗުގަ އެޑްމިޓްކޮށްގެން މިއުޅެން ޖެހެނީ، ދެފަހަރު އިންޑިއާ ވެސް ދެވިއްޖެ، އެކަން ރިސްކު ބޮޑުކަމުން ފޮނުވާލަނީ މިކޮޅަށް، މިހާރު އެންމެ ފަހު ތާރީހަކަށް އޮޕަރޭޝަން ކުރަން ދީފައި އިނީ އޮކްޓޯބަރު އެކެއްގަ" ރަޝީދާ ބުންޏެވެ.

ރަޝީދާ ބުނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންވަނީ ކުރިން އޮޕްރޭޝަން ކުރި ހޮސްޕިޓަލް (ޓްރިވެންޑުރަމް ކްރި ސިތުރާ) އިން ވީއެންމެ އަވަހަކަށް އެ އްޕަރޭޝަން ދެވަނަ ފަހަރު ކުރުމަށް ހަލާދީފައެވެ. ނަމަވެސް އެހޮސްޕިޓަލް އަކީ އާސަންދަ ލިބޭ ހޮސްޕިޓަލެއް ނޫން ކަމަށް ރަޝީދާ ބުންޏެވެ.

"އެކަމަށް ގިނަ ރުޕިޔާ އަރާ، އެގެ އިތުރުން އެތަނަށް ގޮސްވެސް ގިނަ ހަރަދުތަކެއް ދާނެ، މާލީގޮތުން ދަތިތަކެއް ހުރުމާ ގުޅިގެން އެހީއަށް މިއެދެނީ" ރަޝީދާ ބުންޏެވެ.

އާއިލާ އަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

އެކައުންޓު ނަމްބަރު: 7730000257759
ޑޮލަރު އެކައުންޓު ނަމްބަރު: 7705325082101
ނަމްބަރު: 9998119 - ރަމްޒީގެ އަންހެނުން ރަޝީދާ

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

ހާން

ރަމީޒް އެއް ނޫން ރަމްޒީ އޭނާގެ ނަމަކީ

ސީން

ހަމަ ޖެހޭ ގޮތަށް ކޮމެންޓު ކުރުން އެދެން ޖުމާ

ޖުމަ

ރައްޔިތުންގެ އެހީއަށް އެދޭކަށް ނުވާނެ. ނިކަމެތި ރައްޔިތުންނަށް މިސަރުކާރުގެ ދީލަތި އެހީ ލިބޭނެ. މި ރައްޔިތުންނަށް އޯގާތެރި ސަރުކާރެއްނުން