Thin rashehgai mashroothakah faisaage ehee dhinumah council thakaa eku soikoffi
image
އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ތެރެއިން-- ފޮޓޯ: ހޯމް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ތިން ރަށެއްގެ މަޝްރޫއުތަކަށް ފައިސާގެ އެހީ ދިނުމަށް ކައުންސިލްތަކާއެކި ސޮއިކޮށްފި

ތިން ރަށެއްގައި ތިން މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް އެ ރަށްތަކުގެ ކައުންސިލްތަކާއެކު މިއަދު ސޮއިކޮށްފި އެވެ.
ފައިސާގެ އެހީ ދިނުމަށް މިއަދު ސޮއިކުރީ ޅ. އޮޅުވެލިފުށި ކައުންސިލާއި، އއ. ފެރިދޫ ކައުންސިލާއި، ފ. މަގޫދޫ ކައުންސިލާއެކުގަ އެވެ.

އޮޅުވެލިފުށި ކައުންސިލާއެކު ޤަބުރުސްތާނު ވަށާފާރު ރޭނުމަށް ފައިސާގެ އެހީ ދިނުމަށް ސޮއިކުރި އިރު ހޯމް މިނިސްޓްރީން ވަނީ 235،643 ދިނުމަށް ނިންމާފަ އެވެ. ކައުންސިލުން އެ މަޝްރޫއަށް 77،209 ހަރަދުކުރާނެ އެވެ.

އއ. ފެރިދޫ ކައުންސިލާއެކު ސޮއިކުރީ އެ ރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ފައިސާގެ އެހީދިނުމަށެވެ.

އެ މަޝްރޫއަށް މިނިސްޓްރީން ތިން ލައްކަ ރުފިޔާ ދިނުމަށް ހަމަޖައްސާފައި ވާއިރު ކައުންސިލުން ހަތަރު ލައްކަ ރުފިޔާ ހަރަދުކުރާނެ އެވެ.

ފ. މަގޫދޫ މަގުބައްތި މަރާމަތް ކުރުމުގެ މަޝްރޫއަށް މިނިސްޓްރީން ތިން ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާ އިރު ކައުންސިލުން އެ މަޝްރޫއަށް ދިނުމަށް ހަމަޖެހިފައިވަނީ 382،000 ރުފިޔާއެވެ.

އެ މަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ހަމަޖެހިފައި ވާއިރު، އެއީ ޕާކް ހެދުމަށް ހަ ރަށަކަށް، މަގުބައްތި ޖެހުމަށް ހަ ރަށަކަށް، ޤަބުރުސްތާނު ވަށާފާރު ރޭނުމަށް ހަތަރު ރަށަކަށް އަދި ނެރުބައްތި ޖެހުމަށް އެއް ރަށަކަށެވެ.

ރަށްތައް ކަނޑައެޅީ އާއްމުކޮށް ހުޅުވާލައި، ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކުން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ރަށްތައް ބަލައިގެންނެވެ.
ހޯމް މިނިސްޓްރީ
ހިޔާލު