Male ah dhimaavefavaa dhathi thah naib raees aa hissaa kuravvaifi
image
ނައިބް ރައީސް މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވަނީ--
0 ކޮމެންޓް
 

މާލެއަށް ދިމާވެފައިވާ މައްސަލަތައް ނައިބް ރައީސްއާ ހިއްސާކުރައްވައިފި

މާލޭ ސިޓީއަށް ކުރިމަތިވެފައިވާ ދަތިތަކާއި މާލޭގެ ޓްރެފިކް މައްސަލަތައް ނައިބް ރައީސް ފައިސަލް ނަސީމްއާ ސިޓީ ކައުންސިލުން ހިއްސާކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި އެ އެ ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ސިޓީގައި ހުރި ދަތި މައްސަލަތައް ޙައްލުކުރުމުގައި ކުރެވިދާނެ ކަންކަމާ، މާލޭގެ ތަރައްޤީއަށް މުހިންމު ބައެއް ކަންކަމާ ބެހޭ ގޮތުން ކައުންސިލަރުންނާއެކު މައްޝަވަރާ ކުރައްވާފަ އެވެ.

އެގޮތުން މާލެ ސާފުތާހިރު ސިޓީއެއްގެ ގޮތުގައި ބޭއްވުމާއި ވެހިކަލް ޕާކްކުރުމުގައި ހުރި ދަތިތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި މާލެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ކަންކަން ފަހިވާނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭ ގޮތުންނާއި މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް، މާލެއަށް ބޭނުންވާ ތަރައްގީގެ އެކިއެކި ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންމެ ބޮޑަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވަމުން ކައުންސިލަރުން ވަނީ ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ނެތުމުގެ މައްސަލަތަކާއި އިދާރީ ގޮތުން ހުރި ދަތިތަކާއި ބައެއް މަޝްރޫއުތައް ކުރިޔަށް ގެންދެވުމުގައި މާލީ ގޮތުން ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.

ކުރީ ސަރުކާރުގައި ވަނީ ސިޓީ ކައުންސިލަށް ދީފައިވާ ގިނަ ބާރުތަކެއް ނަގާފަ އެވެ. އެކަމަކު ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އެ ބާރުތައް އަނބުރާ ވަނީ ކައުންސިލަށް ދީފަ އެވެ.
ހިޔާލު