Fuluhunge belumuge dhashugai oih 2 phone ge verifaraih hoadhanee
image
ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ދެ ފޯނު-- ފޮޓޯ: ފުލުހުން
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ދެ ފޯނުގެ ވެރިފަރާތް ހޯދަނީ

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަލާ ފާސްކުރި ގެއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މޮބައިލް ފޯނުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ.
ފުލުހުން ބުނީ އެ ދެފޯނަކީ ފޭރުމާއި ވައްކަމުގެ މައްސަލައަކާ ގުޅިގެން މިއަހަރުގެ ޖުލައި 17 ވަނަ ދުވަހު ފުލުހުން ބަލާ ފާސްކުރި ގެއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ފޯނު ކަމަށެވެ. އަދި އެ ދެފޯނު ގެއްލިގެން އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފަ ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ފޯނުތަކުގެ ވެރި ފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެ، ފޯނުތަކާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ވައްކަން ފުލުހުން
ހިޔާލު

ްެ

ޒަމާނާ ނުގުޅޭތީ ދޯ؟