Kudarikilu nerumahchah kolhuvetti eh araifi
image
ކޮޅުވެއްޓި ނެރަށް އަރާފައި-- ފޮޓޯ: ކިޔުންތެރިއެއް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކުޑަރިކިލު ނެރުމައްޗަށް ކޮޅުވެއްޓިއެއް އަރައިފި

ބ. ކުޑަރިކިލު ނެރުމައްޗަށް ކޮޅުވެއްޓިއެއް އަރައިފި އެވެ.
ސީއެންއެމްއަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ ރައީސް އަބްދުލް ހަންނާނު އައްބާސް ވިދާޅުވީ ކޮޅުވެއްޓި ނެރުމައްޗަށް އެރީ ފަޅުތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.

"ނެރުގައި ފައިކަށީގެ ފަހަތު ކޮޅުން ވަނީ. މިހާރު ފުންކޮށްފި،" ހަންނާނު ވިދާޅުވި އެވެ.

ހަންނާނު ވިދާޅުވި ގޮތުގައި އެ ކޮޅުވެއްޓި އަކީ އެރަށުން ބަޔަކު އެމީހުންގެ ވެހިކަލެއް ގެންދަން ވެގެން ގާތް ކުރި ކޮޅުވެއްޓިއެއް ކަމަށެވެ. އަދި ކޮޅުވެއްޓި ނެރަށް އެރުމުގެ ސަބަބުން ނެރަށް ގެއްލުން ވެފައި ނުވާ ކަމަށް ވެސް ހަންނާނު ވަނީ ވިދާޅުވި އެވެ.

"ނެރަށް ނެތް ގެއްލުމެއް ވެފައެއް. ކުރީގައި ވެސް ފަޅު ކޮނުނު އިރު އަޅާފައި ހުރި ގާތަށް ހުރީ ހަމަ. އޭގެ އަރިމަތިން ޖެހިފަ އިނީމަ ބޮޑު ކަމެއް ނުވޭ،" ހަންނާނު ވިދާޅުވި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ކޮޅުވެއްޓިއެކެވެ.
ބ. ކުޑަރިކިލު
ހިޔާލު