Dengue hun jehi Gokul maruvejje
image
ގޯކުލް--
0 ކޮމެންޓް
 

ޑެންގޫ ހުން ޖެހި ގޯކުލް މަރުވެއްޖެ

ޑެންގޫ ހުން ޖެހި ޅަ އުމުރުގައި އެކްޓަރު ގޯކުލް ސާއި ކްރިޝްނާ މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ގޯކުލް މަރުވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އަދި އޭނާ މަރުވެފައި ވަނީ ޑެންގޫ ހުން ޖެހިގެން ބެންގަލޫރުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އެޑްމިޓުކުރަން އުޅެނިކޮށް ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެފަ އެވެ.

ގޯކުލް މަރުވެފައި ވަނީ ޑެންގޫ ހުން ޖެހުނުތާ ތިން ދުވަސް ފަހުންނެވެ. ގޯކުލް ގެ މަރުގެ ހަބަރާއެކު އޭނާގެ ސަޕޯޓަރުން އަދި ޓެލެގޫ އިންޑަސްޓްރީގެ ގިނަ ފަންނާނުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

ގޯކުލް އަކީ ޅަ އުމުރުގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އޭނާ ވަނީ މަގުބޫލު ރިއަލިޓީ ޝޯ ކަމަށްވާ "ޑްރާމާ ޖޫނިއާ" ގައި ވެސް ބައިވެރިވެފަ އެވެ.
ހިޔާލު