JSC ge Raees kamun Fandiyaaru Areef Isthiufaa dhevvaifi
image
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޖޭއެސްސީގެ ރައީސް ކަމުން ފަނޑިޔާރު އަރީފު އިސްތިއުފާ ދެއްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު، ޖޭއެސްސީގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެކަން ޖޭއެސްސީން ވަނީ "ސީއެންއެމް" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ޖޭއެސްސީގެ ރައީސްގެ މަޤާމުން ފަނޑިޔާރު އަބްދުﷲ އަރީފު އިސްތިއުފާ ދެއްވާފައިވާއިރު، ޖޭއެސްސީން އިއްޔެ ބުނެފައިވަނީ ފަނޑިޔާރު އަބްދުﷲ އަރީފުގެ 14 މައްސަލަ އެއް ކޮމިޝަނުން ބަލަމުން އަންނަކަމަށެވެ.

ފަނޑިޔާރު އަބްދުﷲ އަރީފު ހިމެނޭ ގޮތަށް ޖޭއެސްސީން އަންނަނީ ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ ޖުމުލަ 51 މައްސަލަ އެއް ބަލަމުންނެވެ. އަދި ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ގޮތުގައި ހުންނެވީ އަބްދުﷲ ދީދިގެ ސުލޫކީ މައްސަލައެއް ބަލާފައެވެ. އަދި އޭގެ ފަހުން އަބްދުﷲ ދީދީ ވަނީ މަޤާމުން ދުރުކޮށްފައެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލަ އަށް އެމަނިކުފާނު ޖޭއެސްސީ އަށް ހާޒިރު ނުވާނެ ކަން އަންގާފައިވާއިރު، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަނީ 2 އަޑުއެހުމަކަށް ވަޑައިގަތުމަށް ފަހު އިތުރަށް މައްސަލަތަކަށް ހާޒިރު ނުވާނޭ ކަން އަންގާފައެވެ.
ހިޔާލު