Katrina dhen Fenigendhaanee Telegu Filmakun
image
ކެޓްރީނާ ކައިޕް---
0 ކޮމެންޓް
 

ކެޓްރީނާ ދެން ފެނިގެންދާނީ ތެލުގޫ ފިލްމަކުން

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ދެން ފެނިގެންދާނީ ތެލުގޫ ފިލްމަކުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެފިލްމަކީ ތެލުގޫގެ މަޝްހޫރު ޑައިރެކްޓަރު ސުކުމާރުގެ ޑައިރެކްޓުކުރާ ފިލްމެކެވެ. އެފިލްމުގެ ނަން އަދި ސިއްރުކޮށްފައިވާއިރު އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެފިލްމުގައި ކެޓްރީނާ އާއެކު ފެނިގެންދާނީ ތެލުގޫގެ މަޝްހޫރު އެކްޓަރު މަހޭޝް ބާބޫއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މަހޭޝް ބާބޫ މިހާރު ވަނީ އެފިލްމަށް އާއެކޭ ބުނެފައެވެ. ނަމަވެސް ކެޓްރީނާ އަދި އެފިލްމަށް ޖަވާބެއް ނުދޭކަމަށާއި ކެޓްރީނާ ފިލްމަށް އާއެކޭ ބުނިހާ އަަވަހަކަށް ފިލްމުގެ މަސައްކަތް ފެށިގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ކެޓްރީނާ ވަނީ މީގެ ކުރިން ތެލެގޫގެ ދެ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭނާ އެންމެ ފުރަތަމަ ތެލެގޫ ފިލްމެއްގައި މަސައްކަތްކޮށްފައިވަނީ 2004 ވަނަ އަހަރު 'މަލިސްވަރީ' ގައެވެ. އެއަށްފަހު 2005 ވަނަ އަހަރު 'އައްލަރީ ޕިޑުގު' ގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

ކެޓްރީނާ އެންމެ ފަހުން ފެނިފައި ވަނީ "ޒީރޯ" އިންނެވެ. ފިލްމު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނެރުނުއިރު ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ 'ބާރަތު' އިންނެވެ. އެފިލްމު ނެރުމަށް ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހު ފަސް ވަނަ ދުވަހުއެވެ.
ހިޔާލު