Bridge highway in airport ah vadhevey maguthah hulhuvaalan mashvaraa kohfi
image
ހައިވޭގެ އެއާޕޯޓް އިންޓަސެކްޝަންތައް ހުޅުވާލުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރަނީ.-- ފޮޓޯ: އެމްއޭސީއެލް
0 ކޮމެންޓް
 

ބްރިޖް ހައިވޭން އެއާޕޯޓަށް ވަދެވޭ މަގުތައް ހުޅުވާލަން މަޝްވަރާ ކޮށްފި

ބްރިޖް ހައިވޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެވޭ އިންޓަސެކްޝަންތައް ހުޅުވާލުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ހައިވޭގެ އިންޓަސެކްޝަންތައް ހުޅުވާލުމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފުލުހުންނާ މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ސީޕްލޭން ޓާމިނަލާ ދިމާލުން އެއާޕޯޓަށް ވަދެވޭ ގޮތަށް، ހައިވޭ އާ ގުޅުވާލައިގެން ހަދާފައިވާ ދެ އިންޓަސެކްޝަން ހުޅުވާލާނެ ވަކި ދުވަހެއް އަދި ސާފެއް ނުވެ އެވެ.

މިހާރު ހައިވޭ ބޭނުންކުރާ މީހުން އެއާޕޯޓަށް ވަނުމަށް ބޭނުންކުރަނީ ބުރިޖާ ދިމާލުން އެއާޕޯޓަށް ވަދެވޭ ގޮތަށް ހަދާފައި އޮންނަ ބޮޑު މަގެވެ. ކުރިން އެއާޕޯޓަށް އާންމު ބަސްދަތުރުތައް ކުރަން ބޭނުންކުރި މަގު މިހާރު ބޭނުންކުރަނީ އެއާޕޯޓްގެ އެތެރޭގެ ބޭނުންތަކަށް ދުއްވާ މަގެއްގެ ގޮތުގަ އެވެ.

އެގޮތުން ސީޕްލޭން ޓާމިނަލާ މައި އެއާޕޯޓް ޓާމިނަލާ ދެމެދު ކުރާ ދަތުރުތަކަށް އެ މަގު ބޭނުންކުރެ އެވެ. އަދި އެއާޕޯޓުގެ ބައެއް ސްޓާފުން ހުޅުމާލޭން ސައިކަލުގައި ހުޅުލެ އަށް ދިއުމަށް ވެސް އެ މަގު ބޭނުންކުރެ އެވެ. ނަމަވެސް އެ މަގުން ސައިކަލުގައި ދެވޭނީ އެއާޕޯޓުގެ ވަކި ހިސާބަކަށެވެ.
ހިޔާލު