Bank in dhey Lui loan 3 Lakka ah ithurukoffi
image
ބީއެމްއެލުން މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަނީ--
2 ކޮމެންޓް
 

ބީއެމްއެލުން ދޭ ލުއި އެކްސްޕްރެސް ލޯނު ތިން ލައްކައަށް އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން އާންމުންނަށް ދޫކުރަމުންދިޔަ ލުއި އެކްސްޕްރެސް ލޯނު ތިން ލައްކަ ރުފިޔާ އާ ހަމައަށް ނެގޭ ގޮތަށް އިތުރު ކޮށްފިއެވެ. muni
ބޭންކުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބުނީ އެ ލޯނުގެ ނެގޭ މިންވަރު އިތުރުކޮށްފައިވާއިރު، ކުރިން އެ ލޯނު ދައްކަން އޮންނަ ހަތަރު އަހަރުގެ ބަދަލުގައި މިހާރު އެ ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބިގެންދާނެ ކަމަށެވެ.

ލުއި އެކްސްޕްރެސް ލޯނު ފުރަތަމަ ދޫކޮށްފައި ވަނީ އެއް ލައްކަ ރުފިޔާ އާ ހަމައަށެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 18 ޕަސެންޓެވެ. ލުއި އެކްސްޕްރެސް ލޯނުގެ ގޮތުގައި ތިން ލައްކަ ރުފިޔާ ލިބޭނީ، ބީއެމްއެލުގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާގޮތުގައި މުސާރައިގެ ގޮތުގައި މަހަކު 60،000 ރުފިޔާ ލިބޭ މީހުންނަށެވެ. ތިން ލައްކަ ރުފިޔާގެ ލޯނު ނަގާ ނަމަ އެ މީހަކު ލޯނު އަދާކުރުމަށް މަހަކު 7،680 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މީގެ އިތުރަށް ބޭންކުން ވަނީ އިތުރު ދެ ލޯނެއްވެސް ނެގޭ މިންވަރު އިތުރުކޮށްފައެވެ. އެގޮތުން ކުރިން 15.000 ރުފިޔާ ނެގޭ މައިކްރޯ ލޯނުން މިހާރު ވަނީ 25،000 ރުފިޔާ ނެގޭ ގޮތަށް ހަމަޖައްސާފައެވެ. މި ލޯނުވެސް އަނބުރާ ދެއްކުމުގެ މުއްދަތު ވަނީ ފަސް އަހަރަށް އިތުރުކޮށްފައެވެ.

ލައިފް ސްޓައިލް ލޯނުވެސް ބީއެމްއެލުން ވަނީ 1.5 މިލިއަނާއި ހަމައަށް ނެގޭ މިންވަރު އިތުރުކޮށްފައެވެ. ލައިފް ސްޓައިލް ލޯނު ދެ ގޮތަކަށް ނެގެއެވެ. ރަހުނަކާ ނުލާ ނަގާނަމަ ނެގޭނީ އެއް ލައްކަ ރުފިޔާއެވެ. ލައިފް ސްޓައިލް ލޯނު ދޫކުރަމުންދަނީ އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށެވެ،

ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މި ރަސްމިއްޔާތުގައި ވިދާޅުވީ ލުއި ލޯނުގެ އިންޓަރެސްޓް ބޮޑު ކަމުގެ ޝަކުވާ ލިބެމުންދިޔަ ނަމަވެސް، އެކަން ކުރަން ޖެހެނީ ރަހުނަކާއި ނުލައި އެ ލޯނު ދޫކުރަން ޖެހޭތީ ކަމަށެވެ. އަދި އެފަދަ ލޯނަކީ އަނބުރާ ދައްކާނެ ކަމުގެ ޔަގީންކަން ކުޑަ ލޯނެއް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ހިޔާލު

ޖަޒީރާ

ރަޔިތުން ފެލަނީ ސަރުކާރާ މަޖްލިސް މެން ބަރުން ނަށް ވާކަމެއް ހަރާން

ޙަސަން

އެހެން ވީމާ އެކްސްޕްރެސް ލޯނު އެއްކޮށް ދެއްކީމާ އިންޓަރެސްޓައް ދެއްކި ބޮޑުބައިން ބައިކުޅަބައި ކަޓަމަރައް ދޭންވީނޫންތޯ،