Male' gai boahiya vahikamuge biya mash'rooeh fashanee
image
ރައީސް ޞާލިޙް މިރޭ ވާހަކަފުޅު ދައްކަވަނީ: ފޮޓޯ އެމްޑީޕީ
3 ކޮމެންޓް
 

މާލޭގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢެއް ފަށަނީ

މާލޭގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މިހާރުވެސް އެދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މާލޭގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ރައީސް ނުދެއްވައެވެ.

ރައީސް ވިދާޅުވީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި އެކަމުގެ ތެރެއިން މިހާރުވެސް ކުރިން ބަންދުކޮށްފައިހުރި ބައެއް ތަންތަނާއި މަގުތައް ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ނުވަތަ ގުޅީފަޅަށް ބަދަލު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގައެވެ. އެއާއިއެކު އެސަރަހައްދުގެ ފިހާރަތަކާއި މާލޭގައި ހުރި ބޮޑެތި ގުދަންތައްވެސް އެހެން ތަންތަނަށް ބަދަލުވާނެ ކަމަށާއި އެއާއިއެކު މާލެއަށް ލުއިތަކެއް ލިބިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ހިޔާލު

މިއަޅައި

ގަދަ!

ކާލި

ބައްލަވާ އަތޮޅުތެރޭގައި ބޮޑު މަންޒަރު އޮތީ މާލެޔަކު ނޫންކަން ހަދުމަފުޅު ކުރައްވާ ! ރައްރަށުން ގޯތި ހޯދަން މީހުން ހުށަހެޅި ފޯމްތަށް އެހުރީ ފެންނަން އެޔާއި މެދުގައި އަވަހަށް ގޮތެއްނިއްމަވާ ދެއްވާ !

ޭްރިޒާ

ޜަގަޅު ތިޔައީ ޔާމީނުވެސްކުރަން ކަނޑައަޅާފަ އޮތްކަމެއް ކޮންމެ މީހެއްގެ ޚިޔާލަކަށް ވިޔަސް އެކަމުން ރައްޔިތުންނަށް ފައިދާ ކުރާނަމަ އެކަމެއް ކުރިޔަށް ގެންދިއުން ބުއްދިވެރީ އަންނި ހެދިހެން ހުޅުމާލެއަކީ މައުމޫނު ފެށި މަސައްކަތަކަށްވާތީ އެތަނުގެ މަސައްކަތް ހުއްޓާލާފަ ގުޅިފަޅުން މީހުނަށް ފްލެޓްދޭން ނިންމީ ބޭބެއަށް ފައިދާވާގޮތަށް