Lankagai baeh Social Mediathah Block kohfi
image
1 ކޮމެންޓް
 

ލަންކާގައި ބައެއް ސޯޝަލް މީޑިއާތައް ބްލޮކް ކޮށްފި

މިއަދު ހެނދުނުއްސުރެ ބޮމުގެ ހަމަލާތައް ދެމުން އަންނައިރު، ދޮގު ހަބަރު ފަތުރާކަމަށް ބުނެ ސިރީލަންކާގައި ސޯޝަލް މީޑިއާތައް ބްލޮކްކޮށްފިއެވެ.
ބްލޮކްކޮށްފައިވާ މީޑިއާތަކަކީ ވަޓްސްއެޕްއާއި ފޭސްބުކް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެހެން ސޯޝަލް މީޑިއާތަކުން ބައެއް ބޭނުން ނުކުރެވޭގޮތް ލަންކާ ސަރުކާރުން ވަނީ ހަދާފައެވެ.



ސިރީލަންކާގައި މިއަދު ދީފައިވާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 150 އަށްވުރެ މައްޗަށް އަރައިފިކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާތަނަށް ހަތް ބޮން ގޮއްވާލާފައިވާއިރު، 400 އަށްވުރެ ގިނަމީހުން ޒަހަމްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެނެމް ފަހުން ގޮއްވާލި ބޮން ގޮއްވާލާފައިވަނީ ދިވެހިން ގިނައަަދަކަށް ދިރިއުޅޭ ދެހިވަލާގެ ޒޫކައިރީގައެވެ. މި ހަމަލާގައި ވެސް ދެ މީހަކު މަރުވެފައިވާކަމަށް މައުލޫމާތުލިބެއެވެ.

މިއަދު ހެނދުނު ހަމަލާތައް ދީފައިވަނީ، ނަސާރާއިން ފާހަގަކުރަމުން އަންނަ "އީސްޓާ" ފެސްޓިވަލާގުޅިގެންކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ތިން ޗާޗާކާ ތިން ހޮޓަލެއްގައި މިއަދު ހެނދުނުވަނީ ހަ ބޮން ގޮއްވާލާފައެވެ. މެންދުރުފަހު ދެހިވަލާގައި ގޮއްވާލި ބޮމާއެކު ގޮވުންތަކުގެ އަދަދަކީ ހަތެކެވެ. ހަމަލާ ދީފައިވާ ހޮޓާތަކަކީ، ސިނަމޮން ގްރޭންޑް، ކިންގްސް ބަރީ އަދި ޝަންގްރިއްލާ ހޮޓެލެވެ. މި ހޮޓާތަކަކީ ދިވެހިންވެސް ގިނައަދަދަކަށް ގޮސް އުޅޭ ހޮޓާތަކެކެވެ. އަދި މިއަދު ހެނދުނު ހޮޓާތަކަށް ހަމަލާދިން އިރު ބައެއް ދިވެހިން އެ ހޮޓާތަކުގައި ތިއްބެވެ. ނަމަވެސް ދިވެއްސަ ކަށް ގެއްލުންވި ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ހިޔާލު

ޢަލީ

ރަނގަޅު ބަންދު ކުރަން ޖެހޭ.. ދޮގު ހަބަރު ފަތުރާ ފަރާތްތައް.. މި ގައުމުގައި ފާހަގަ ކޮށްލެވޭ ވަގުތު ނޫސް.. މީ ބަންދު ކުރަން ޖެހޭ ނޫހެއް.. ފިތުނަ ފަސާދަ އުފައްދާ ބުހުތާނު ފަތުރާ ބައެކެވެ