Foster Clarks ge distributor akah BHM, aa ufehdhun thah thaaraf kuranee
image
ބީއެޗްއެމް ޓްރޭޑާޒް އާއި ފޯސްޓަ ކްލާކްސް އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ބީއެޗްއެމް ޓްރޭޑާޒް
0 ކޮމެންޓް
 

ފޯސްޓަ ކްލާކްސްގެ ޑިސްޓްރިބިއުޓަރަކަށް ބީއެޗްއެމް، އާ އުފެއްދުންތައް ތައާރަފް ކުރަނީ

މޯލްޓާގެ މަޝްހޫރު ފޯސްޓާ ކްލާކްސް ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ ހާއްސަ ޕާޓްނާޝިޕްކަން ބީއެޗްއެމް ޓްރޭޑާޒް އިން ހޯދައިފި އެވެ.
އެކުންފުނިން ވަނީ ފޯސްޓާ ކްލާކްސް އުފެއްދުންތައް ރާއްޖޭގައި ވިއްކުމަށް "އެކްސްކްލޫސިވް ޑިސްޓްރިބިއުޓާ" އެއްބަސްވުމެއްގައި މިމަހުގެ ދެވަނަ ދުވަހު ސޮއިކޮށްފަ އެވެ.އެއާއެކު ފޯސްޓާ ކްލާކްސްގެ އުފެއްދުންތައް ރަސްމީކޮށް ރާއްޖޭގައި ވިއްކަން ފެށީ މޭ 19 ވަނަ ދުވަހުގަ އެވެ. މާލެ އާއި ހުޅުމާލޭގައި ހުންނަ ބީއެޗްއެމްގެ ފިހާރަތަކުން އެ އުފެއްދުންތައް ލިބޭނެ އެވެ.

ފޯސްޓަ ކްލާކްސް ބްރޭންޑުގެ ޖޫހަކީ ވަރަށް ކުރީ ޒަމާނުއްސުރެ ރާއްޖޭގައި މަގްބޫލު އުފެއްދުމެކެވެ. އޭގެ އެކި ރަހަތަކުގެ، ދެ ސައިޒެއްގެ އުފެއްދުންތައް ހޯލްސޭލް ވިޔަފާރިތަކަށް ބީއެޗްއެމް ޓްރޭޑާޒް އިން ލިބެން ހުންނާނެ އެވެ.

ބީއެޗްއެމް އިން ބުނީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެ ބްރޭންޑުގެ އިތުރު ރަހަތަކާއި ސައިޒުތަކުގެ އުފެއްދުންތައް ރާއްޖެ އަށް ތައާރަފް ކުރާނެ ކަމަށެވެ.

ފޯސްޓަ ކްލާކްސް ބްރޭންޑުގެ ޖޫހުގެ އިތުރުން އެ ބްރޭންޑުގެ ޑެޒަޓްސް (ފޮނިކާ ތަކެތި)، ބޭކިން އެއިޑްސް (ކޭކު އެޅުމަށް ބޭނުން ކުރާ އުފެއްދުމަށް) އަދި ތަފާތު ބުއިންތައް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް ބީއެޗްއެމް އިން ބުނެ އެވެ.

"ރާޢްޖޭގައި ބޮޑަށް މަޝްހޫރީ (ފޯސްޓަ ކްލާކްސްގެ) ހިކި ޖޫހުގެ ބާވަތްތައް ނަމަވެސް، ފޯސްޓަ ކްލާކްސް ޑެޒަޓްސް އަދި ބޭކިން އެއިޑްސް، ދިވެހި ގެތަކުގެ ލޯބި ހޯދާ އުފެއްދުންތަކަކަށް ހެދުމަކީ ބީއެޗްއެމްގެ ޓާގެޓެއް،" އެ ކުންފުނިން ބުންޏެވެ.

ފޯސްޓަ ކްލާކްސް އަކީ 1889 ވަނަ އަހަރު އުފެދިގެން އައި ބްރޭންޑެކެވެ. މިއަދާ ހަމައަށް އައިއިރު އެ ބްރޭންޑުގެ ތަކެތި ދުނިޔޭގައި ވަނީ މަގްބޫލުވެފަ އެވެ. ވަކިން ހާއްސަކޮށް ފޯސްޓަ ކްލާކްސް ޖޫސް ރާއްޖޭގައި މަގްބޫލެވެ.

ބީއެޗްއެމް އިން އޭގެ އިތުރު އުފެއްދުންތައް ރާއްޖެއަށް ތައާރަފް ކުރުމަށް ތައްޔާރުވަމުންދާއިރު، ބީއެޗްއެމް އަކީ ރާއްޖޭގެ މާކެޓަށް ބޭނުންވާ މުހިއްމު އަދި މަގްބޫލު ގިނަ މުދާތަކެއް ރާއްޖެ ގެނެސް ވިއްކާ ކުންފުންޏެކެވެ.
ހިޔާލު