Thaa atolhuge 6 rasheggai fen boduve fuluhun harakaaitheri vanee
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ތ. އަތޮޅުގެ ހަ ރަށެއްގައި ފެންބޮޑުވެ، ފުލުހުން ހަރަކާތްތެރިވަނީ

ތ. އަތޮޅުގެ ހަ ރަށެއްގައި ފެންބޮޑުވުމުގެ ސަބަބުން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެގޮތުން މިއަދު ހެނދުނު 08:00 އިން ފެށިގެން މެދު ކެނޑުމެއް ނެތި ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެފައި ވަނީ ތ. ވޭމަންޑޫ އާއި ތ. ތިމަރަފުށްޓާއި، ތ. ކިނބިދޫގެ، އިތުރުން ތ. އޮމަދޫ، އާއި ތ. ގުރައިދޫ، އަދި ތ. ދިޔަމިގިލީގަ އެވެ.

ފުލުހުން ބުނެފައިވަނީ އެރަށްރަށުގެ ކައުންސިލާއި ގުޅިގެން ފުލުހުން އެ ރަށްރަށުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ އިތުރުން ތިމަރަފުށީގައި ފުލުހުންނާއި ސިފައިން ގުޅިގެން ފެން ހިންދުމުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތ. އަތޮޅަށް ބޯކޮށް ވާރޭވެހި ހަތަރު ރަށެއްގައި ފެންބޮޑު ވެފައިވާއިރު، ގޭގެއަށް ފެން ވަނަނުދިނުމަށްޓަކައި ވެލިބަސްތާ ޖެހުމާއި ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ތ އަތޮޅު ފުލުހުން
ހިޔާލު