Cargo terminal ge structure ge masaikaihthah nimmalaifi
image
ވީއައިއޭ ގައި ތަރައްގީ ކުރާ ކާގޯ ޓާމިނަލް-- ފޮޓޯ:އެމްއޭސީއެލް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކާގޯ ޓާމިނަލުގެ ސްޓްރަކްޗާގެ މަސައްކަތް ނިންމާލައިިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ އާ ކާގޯ ޓާމިނަލްގެ ސްޓްރަކްޗާގެ މަސައްކަތް ނިންމާލައިފި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލުން) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގައި ތަރައްގީ ކުރާ ކާގޯ ޓާމިނަލުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ޓާމިނަލްގެ ސްޓްރަކްޗާގައި މިހާރު ފުރާޅު އެޅުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

ކާގޯ ޓާމިނަލުގައި އެއްފަހަރާ 120،000 މެޓްރިކް ޓަނުގެ މުދާ ރައްކާކުރެވޭއިރު ޓާމިނަލުގައި މިހާރު ނުނިމި ހުރީ ހަމައެކަނި ފްލޯތައް ވަކިކުރުމަށް ޝީޓު އެޅުން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.


ޗައިނާގެ ބެއިޖިންގުގެ އާބަން ކޮންސްޓްރަކްޝަން ގްރޫޕާ ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 373 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެެކެވެ.
ހިޔާލު