BREAKING NEWS: Fandiyaaru Didi High Court gai beli mahsala eh Supreme Court gai ves beli!
image
ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ.-- ފޮޓޯ: އަވަސް
1 ކޮމެންޓް
 

ފަނޑިޔާރު ދީދީ ހައި ކޯޓުގައި ބެލި މައްސަލައެއް ސްޕްރީމް ކޯޓުގައި ވެސް ބެލި!

ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އިރު ބެއްލެވި މައްސަލައެއް ސްޕްރީމް ކޯޓަށް އިލްތިމާސް ކުރުމުން، އެ މައްސަލަ ސްޕްރީމް ކޯޓުގައި ބެއްލެވުމުގައި ބައިވެރިވި ކަން ފަޅާ އަރައިފި އެވެ.
ހައި ކޯޓުގަދި ދީދީ ހުންނެވި ދުވަސްވަރު ބެލުމަށް ފަހު އަނެއްކާ ސްޕްރީމް ކޯޓުގައި ވެސް އޭނާ ބަލާފައި ވަނީ ކ. މާދޫ އާ ގުޅޭ މައްސަލައެއް ކަން "ސީއެންއެމް" އަށް ވަނީ ޔަގީން ވެފަ އެވެ. ހައި ކޯޓުގެ ފަނޑިޔާރަކަށް ދީދީ ހުންނެވި ދުވަސްވަރު އެ ކޯޓަށް އެ ރަށާއި ގުޅޭ ހަތަރު މައްސަލައެއް ހުށަހެޅުނެވެ.

އެގޮތުން ހައި ކޯޓުގައި އެ ހަތަރު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ވެސް ދީދީ ހިމެނެ އެވެ. އެކަމަކު އެ މައްސަލަތައް ނިމުމާއި ކަރިވެފައި ވަނިކޮށް ފަނޑިޔާރު ދީދީ ސްޕްރީމް ކޯޓަށް ބަދަލުވީ އެވެ. އެހެންކަމުން އޭނާގެ ބަދަލުގައި އެ މައްސަލަތައް ބެލުމަށް ފަނޑިޔާރުންގެ ބެންޗުފައި ފަހުން އިންނެވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެވެ.

ފަނޑިޔާރު ދީދީ ހައި ކޯޓުގައި ބެއްލެވި މާދޫ އާ ގުޅޭ ހަތަރު މައްސަލައިގެ ތެރެއިން މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލާގައި އަޑުއެހުމެއް ވެސް ނުބާއްވައި ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ނިންމައި، ސްޕްރީމް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.

އެގޮތުން އެ މައްސަލަ ބޭރުކޮށްލަން ސޮއި ކުރި ފަނޑިޔާރުންގެ ތެރޭގައި ދީދީގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ސޮއި ކޮށްފައިވާ ކަމަށް "ސީއެންއެމް" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެ އެވެ. އެނގިފައިވާ ގޮތުގައި ފަހުން އެ މައްސަލާ ބޭރުކޮށްލަން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވެސް ސޮއި ކުރި އެވެ.

ހައި ކޯޓުގައި ފަނޑިޔާރު ދީދީ ބެއްލެވުމަށް ފަހު، ސްޕްރީމް ކޯޓުގައި އޭނާ ބެއްލެވީ ހައި ކޯޓުގެ HC-A/255/2016 ވަނަ ގަޒިއްޔާ އެވެ. ހައި ކޯޓުގެ އެ ނިންމުން ރަނގަޅު ކަމަށް ސްޕްރީމް ކޯޓުން ނިންމާފައިވަނީ މިދިޔަ މާޗް މަހުގެ ފަސް ވަނަ ދުވަހު އެވެ.

ދަށު ކޯޓަކުން ނިންމާ މައްސަލެއް މަތީ ކޯޓަކަށް ހުށަހަޅާނީ އެ މައްސަލައެއްގައި ދަށު ކޯޓުގެ ނިންމުން ގަބޫލު ނުކުރެވޭތީ، ގާނޫނީ އެހެން ނިންމުމެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވާއިރު ދެ މަރުހަލާއެއްގައި އެއް ފަނޑިޔާރަކު ބައިވެރި ވުމަކީ މަސްލަހަތު ފުށޫ އަރާނެ ކަމެއް ކަމަށް ގާނޫނީ ވަކީލުން ބުނެ އެވެ. އަދި އާންމުކޮށް އެފަދަ މައްސަލަތަކުގައި ރާއްޖޭގައި ވެސް ކަންކުރާ އުސޫލަކީ، މަސްލަހަތު ފުށޫ އަރާނަމަ އެ ފަނޑިޔާރަކު އެ މައްސަލައެއް ބެލުމުގައި ބައިވެރި ނުވުން ކަމަށް ވެސް ގާވޫނީ ވަކީލުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ، އާންމު ފަރާތަކުން ވަނީ ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ޖޭއެސްސީ އަށް ހުށަހަޅާފަ އެވެ.
ހިޔާލު

މުހުސިން ހަމީދު

މި ދީދީ އަކީ ހަމަ ބޮޑު މަކަރިވެރިއެއް. ބޭރުކުރަންވީ!