Flying school maafarah badhalukuran nimmaifi
image
އައްޑޫ ފްލައިން ސްކޫލް-- ފޮޓޯ: ދި އެޑިޝަން
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފްލައިން ސްކޫލް މާފަރަށް ބަދަލުކުރަން ނިންމައިފި

އައްޑޫގައި ހިންގަމުން އަންނަ ފްލައިިން ސްކޫލް، ނ. މާފަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ސްކޫލް ހިންގާ އޭޝިއާ އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އިއްޔެ ބުނެފިއެވެ.
އޭއޭއޭ އިން މައުލޫމާތު ދިން ގޮތުގައި މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ކުރިޔަށް ވުރެ ރަނގަޅު ހިދުމަތްތަކާއި އެކީގައި ފްލައިން ސްކޫލް ހުޅުވިގެންދާނެކަމަށެވެ.

ފްލައިން ސްކޫލް މާފަރަށް ބަދަލުކުރަން ނިންމީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގެ ކުލި ބޮޑު ވުމުން ކަމަށްވެސް އޭއޭއޭ އިން ބުނެފައިވެއެވެ.

މާފަރަށް ފްލައިން ސްކޫލް ބަދަލުކުރުމަށް ފަހު އޭވިއޭޝަން އިންޖީނިއަރިން ވެސް ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޭއައިއޭގެ ޑިރެކްޓަރު އިބްރާހިމް ނޫރައްދީން ވިދާޅުވިގޮތުގައި ފްލައިން ސްކޫލް ހިންގަން ހަވާލުކޮށްފައިވަނީ 2009 ވަނަ އަހަރު 10 އަހަރުގެ މުއްދަތަކަށް ކަމަށާއި އެ މުއްދަތުގެ ކުރިން އެއްބަސްވުން ބާތިލްކުރަން ނޫޅޭ ކަމަށެވެ.

ފްލައިން ސްކޫލުން ޕައިލެޓްކަން ކިޔަވާ ކޮންމެ ކުއްޖެއްގެ އަތުން 45،000 ޑޮލަރު ނަގާއިރު މިހާތަނަށް އެ ސްކޫލުގައި 354 ކުދިން ކިޔަވާފައިވެއެވެ.

މިދިޔަ އަހަރުގެ ފީންވެސް ހަތް މިލިއަން ޑޮލަރު ފްލައިން ސްކޫލަށް ލިބޭނެ ކަމަށް ނޫރައްދީން ވިދާޅުވިއެވެ.
ހިޔާލު