Vakeelunge therein JSC ah kurumathilumah hulhuvalaifi
image
ރައީސް ބާކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން
ސިއެންއެމް
0 ކޮމެންޓް
 

ވަކީލުންގެ ތެރެއިން ޖޭއެސްސިއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ މިމަހުގެ 27 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ބާކައުންސިލުން ބުނީ ޖޭއެސްސިއަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން ޖުލައި 23 ވާ އަންގާރަ ދުވަހުގެ ހަވީރު 5:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމުގައެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި އިންތިޚާބުގެ ކަންތައް ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ މަރުކަޒު، ޖަމާލުއްދީން، އަށްކަމަށާއި މި ތަކެތި ބަލައިގަންނާނީ ޖުލައި 21 ވާ އާދީއްތަ ދުވަހުން ފެށިގެން ޖުލައި 23 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 5:00 އަށްކަމަށްވެސް ބާކައުންސިލުން ބުނެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ މެމްބަރު ކަމުގައި ވަކީލުންގެ ފަރާތުން ކުރިން އިންނެވީ ވަކީލާ ލަތީފާ ގާސިމް އެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނީފަންނުގެ ގާނޫނު ވުޖުދުވުމާއިއެކު ލަތީފާގެ މަގާމްވަނީ ގެއްލިފައެވެ.
ހިޔާލު