Pooja ah aniyaa vumun Nach baliye aa dhurah
image
ޕޫޖާ އާއި ސަންދީޕް--
0 ކޮމެންޓް
 

ޕޫޖާއަށް އަނިޔާވުމުން ނަޗް ބަލިޔޭއާ ދުރަށް

ކަސޯޓީ ޒިންދަގީ ކޭގައި އަނުރާގުގެ ދައްތަގެ ރޯލުން ފެނިގެންދާ ނެވިދިތާ ނުވަތަ އަސްލު ނަމުން ނަމަ ޕޫޖާ ބަނާޖީ އޭނާގެ ފިރިމީހާ، ސަންދީޕް ސޭޖަލްއާއެކު ޑާންސް ރިއެލިޓީ ޝޯ، ނާޗް ބަލިޔޭ 9 ގައި ވައިލްޑް ކާޑް ކޮންޓެސްޓަންޓުންގެ ގޮތުގައި ފެނިގެން ދާއިރު އެމީހުންނަށް މިވަނީ ޕޫޖާއަށް އަނިޔާވެ އެ ޝޯއާ ދުރަށް ދާން ޖެހިފަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އުމުރުން 27 އަހަރުގެ ޕޫޖާގެ ފަޔަށް އަނިޔާވެފައި ވާއިރު އޭނާ އޮތީ މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ޕޫޖާގެ ފަޔަށް އަނިޔާވީ ލަވައަކަށް ޕްރެކްޓިސް ކުރަނިކޮށެވެ.

އެގޮތުން ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ޝޯއާ ވަކިވާން ނިންމާފައި ވާއިރު އެ ނިންމުން ނިންމީ އަރާމު ކުރަން ޑޮކްޓަރުން ލަފާދީފައި ވާތީ އެވެ.

އެމްޓީވީ ރޯޑީސް އިން ވެސް ފެނިގެން ދިޔަ ޕޫޖާ އާންމުކޮށް ފެނިގެން ދަނީ ނުބައި ބައި ރޯލުތަކުންނެވެ. އޭނާއަކީ ޓީވީ ގިނަ ޝޯތަކެއްގައި މަސައްކަތްކޮށް، މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

އޭނާގެ ފިރިމީހާއަކީ އިންޑިއާގެ މަޝްހޫރު ފެތުންތެރިއެކެވެ.
ހިޔާލު