Valeeahudhu Mohamedhaeku 2 Raeesun Dubai ga, ihthifaagehtha?
image
ނަސްރުﷲ މުހައްމަދު
5 ކޮމެންޓް
 

ވަލީއަހުދު މުހައްމަދާއެކު ދެ ރައީސުން ދުބާއީގައި، އިއްތިފާގެއްތަ؟

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދުބާއީއަށް ވަޑައިގަތް ވަގުތާއި ރާއްޖޭގެ ދެ ރައީސުން ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކުއެކީގައި ދުބާއީ އަށް ވަޑައިގަތުމަކީ އިއްތިފާގެއްތޯ؟ މިއަދު ސުވާލު އުފެދިއްޖެއެވެ.
މުހައްމަދު ބިން ސަލްމާން އަކީ މީގެ ކުރިން ވެސް ދިވެހިރާއްޖޭގައި ބިޔަ އިންވެސްޓުމަންޓެއް ކުރެއްވުަމަށް ނިންމަވި ބޭފުޅުކެވެ. ފ އަތޮޅުގައި ދުބާއީ ފަދަ ސިޓީއެއް އުފެއްދެވުމުގެ އުންމީދު ކުރެއްވިއެވެ. މުހައްމަދު ބިން ސަލްމާންއަކީ 'އެމްބިޝަސް' ބޭފުޅެކެވެ. މިހެންކަމުން ދިވެހިރާއްޖޭގައި ބިޔަ އިންވެސްޓުމަންޓުތައް ކުރެއްވުމަށް އެމަނިކުފާނު ކުރައްވާ އުންމީދު އަދިވެސް ފަނޑުވެގެން ދާނެހެނެއް ހިއެއްނުވެއެވެ.ދިވެހިރާއްޖެއަކީ ޕްރައިމަރީ ޓާގެޓަކަށް މުހައްމަދު ބިން ސަލްމާންއަށް ވާ ބައެއް ސަބަބުތައް އެބަހުއްޓެވެ. އެގޮތުން ސައިދީއަރަބިއްޔާއިން ބަނީ ޓުއަރިޒަމް އިތުރަށް ބަރޯސާވުމަށް އެގައުމުގެ އިގްތިސާދު ބަދަލުކުރާނެކަން އިއުލާނުކޮށްފައެވެ. ގުދުރަތީގޮތުން ސުވަރުގެއް ފަދަ ދިވެހިރާއްޖެގައި ޓޫރިޒަމަށް އިންވެސްޓު ކުރުމުގެ ފުރުސަތު އެބައޮތެވެ.

ދެވެނަ ސަބަބަކީ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ ސުންނީ މުސްލިމު ގައުމެކެވެ. އެހެންކަމުން އަހުވަންތަކަމުގެ ގުޅުންވެސް ސައުދީއާއެކު އޮންނާނެވެ. އަދުވެސް ސައުދީން ހާއްސަ އިސްކަމެއް ދޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވެއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި އިންޑިއާކަނޑުގައި ސައުދީއަރަބިއްޔާގެ ނުފޫޒު ފުޅާކުރުމަށް އޮތް އެންމެ ރަނގަޅު ޑެސްޓިނޭޝަނަކަށް ވެސް ވާނީ ދިވެހިރާއްޖެއެވެ.

މިހުރިހާ ސަބަބުތަކާއެކު، މުހައްމަދު ބިން ސަލްމާން ދުބާއީއަށް ވަޑައިވަގުތާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ 'ރަސްމީ' ދަތުރުފުޅު ދުބާއީއަށް ކުރެއްވި ވަގުތާއި ދިމާވުމަކީ އިއްތިފާގެއްތޯ؟ ސުވާލު އުފެދެއެވެ.މިއަށްވުރެ ވެސް ބޮޑަށް މި ސުވާލު އުފެދޭ އަނެއް ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއެކު ރައީސް ސާލިހުު ވަޑައިގަތުވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ވެސް އޮތުމަކީ އިންވެސްޓަރުންނަށް އިތުބާރު ދިނުމުގައި މުހިންމު ވަސީލަތަކަށް ވާނެތީއެވެ.
ހިޔާލު

ރަޒޫމް

މުޅި ރާއްޖެ ވިއްކާލާ.. މިތާ ދިރިއުޅޭ މީހުންނާއި ކަނޑުގަ ތިބި މަސްމަގާ މެއްސާއި ރުށް ގަހާއި ސޫފާސޫފިވެސް ވިއްކާލާ.. ނަފްސުވެސް ވިއްކާލާގެން ތިބި ބަޔަކައަ މިއީކީ މާ ޖެހިލުންވާނެ ކަމެއް ނޫން.

ހުސެން

ސަލްމާން އަކީ މީހުން މަރާ ނުލަފާ މީހެއްގެ ގޮތުގައި މައްޝޫރު މީހެއް. އޭނާ ރާއްޖޭގައި އިންވެސްޓް ކުރިޔަދީގެން ނުވާނެ.

އައްޔުބެ

ފ ވިއްކާލަނީ ދޯ އަނެއްކާ

ހުދުހުދު

ޔާމީން ފާފު އަތޮޅު ވިއްކާލަނިއްޔޭ ކިޔައިގެން މިބައިގަނޑު ހީވީ އެހެންފަދަ ކަމެއްހެން. މި
ލާދީނީ ބައިގަނޑު ވިއްކިޔަސް އޯކޭ. ހަޖަމް ވަންޔާ މި ކޮމެންޓް ޖަހާބަލަ ނިކަން

ޭއެނޮ

މާބޮޑަށް އިނގެނީ އެގެންދިޔައީ ސައިޒައްކަނޑާލަން ޔާމިން މައްސަލައިގަ. ބަލަންހުރެ އަންނައިރު ބަދަލުވެފަ ހުންނަވަރު..... ވަރައްވާހަކަމީ