Gully Boy ge Trailer Nerefi
image
ގަލީ ބޯއީގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

ގަލީ ބޯއީ ގެ ޓްރެއިލާ ނެރެފި

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޒޯޔާ އަހްތަރު ޑައިރެކްޓުކޮށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު ގަލީ ބޯއީ ގެ ޓްރެއިލާ ނެރެފިއެވެ.
ލީޑު ރޯލުން ރަންވީރު ސިންގް އާއި އާލިއާ ބަޓު ފެނިގެންދާ އެފިލްމުގެ ޓްރެއިލާ އިއްޔެ ނެރެފައިވާއިރު ރަންވީރާއި އާލިއާ ވެސް ފެނިގެންދަނީ ވަރަށް ތަފާތުކޮށެވެ. ޓްރެއިލާ ބެލުމަށްފަހު ގިނަ ބައެއްގެ ތައުރީފު ރަންވީރަށާއި އާލިއާއަށް ކުރަމުން އަންނައިރު މިހާތަނަށް 17 މިލިއަން އަށްވުރެ ގިނަ މީހުން ވަނީ އެޓުރެއިލާ ބަލާފައެވެ.

އެފިލްމުގައި ރަންވީރު ފެނިގެންދަނީ ރެޕް ކުރަން ޝައުގުވެރިކަން ހުންނަ މީހެއްގެ ރޯލުންނެވެ. އަދި އަލިއާ ފެނިގެންދަނީ ރަންވީރާ ލޯބީގެ ގޮތުން ގުޅުގެން އުޅޭ މީހެއްގެ ރޯލުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އާލިއާ އެފިލްމުގައި އެއީ ޑޮކްޓަރުކަން ކިޔަވާ ކުއްޖެކެވެ. އޭނާ އެފިލްމުގައި އޭނާ ހުންނާނީ ބުރުގާ އަޅާފައެވެ.

ރަންވީރާއި އާލިއާގެ އިތުރުން ފިލްމުގައި ކަލްކީ ކޮއެޗްލިން ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގަލީ ބޯއީގެ ޝޫޓިންތައް މިހާރު އެއްކޮށް ނިންމާލާފައިވާއިރު، އެފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ މަހު 14 ވަނަ ދުވަހުއެވެ.

ރަންވީރު އެންމެ ފަހުން ފެނިގެން ދިޔައީ ސިމްބާ އިންއެވެ. އެފިލްމަށް ބޮޑު ކާމިޔާބެއް ލިބިފައިވާިއިރު އެފިލްމުގައި އޭނާ އާއެކު ލީޑު ރޯލަކުން ފެނިގެން ދިޔައީ ސާރާ އަލީ ހާނެވެ. އާލިއާ އެންމެ ފަހުން ފެނިގެން ދިޔައީ ރާޒީ އިންނެވެ. އެފިލްމަށް ވެސް ބޮޑު ކާމިޔާބެއް ލިބުނުއިރު އާލިއާއަށް ވަނީ އެފިލްމުން އެންމެ މޮޅު އެކްޓަރެއްގެ އެވޯޑު ވެސް ލިބިފައެވެ.
ހިޔާލު