ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ހަބަރު
/
އެހެނިހެން
ހުޅުމާލޭ ބީޗް ސަރަހައްދުގެ ގެސްޓްހައުސް އެއް.-- ފޮޓޯ: އެއާ އޭޝިޔާ ގޯ
22 ފެބްރުއަރީ 2019
1 ކޮމެންޓް
Tweet
ހުޅުމާލޭގައި އަނެއްކާ ވެސް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
ހުޅުމާލޭ ބީޗް ސަރަހައްދުގައި ހުންނަ ގެސްޓްހައުސް އެއްގެ ރިސެޕްޝަނިސްޓަކަށް މިއަދު ފަތިހު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ 18 އަހަރުގެ އެ ޒުވާނާ އަށް ހަމަލާ ދިނީ، އެ ގެސްޓްހައުސް އަށް ދިޔަ ދެ މީހަކު ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 4:48 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިން ބުނާގޮތުގައި އެ ހާދިސާގައި އަނިޔާވި މީހާގެ ދެ އަތުގެ އުޅަނބޮށިކޮޅާ ދިމާލަށް ތޫހުއެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އިއްޔެ ހެނދުނު 07:10 ހާއިރު ހުޅުމާލޭގައި ހިނގި މާރާމާރިއެއްގައި ވެސް މީހަކަށް ތޫނުއެއްޗަކުން ހަމަލާދީގެން ފުލުހުންނަށް ރިޕޯޓް ކުރި އެވެ. އަދި އެ މާރާމާރީގައި އަނިޔާވެފައި ވަނީ 33 އަހަރުގެ ފިރިހެނަކަމަށް ފުލުހުން ބުނެ އެވެ.
މާރާމާރީގައި އެމީހާގެ އަތާއި ބޮލަށް އަދި މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުލުހުން ބުނެ އެވެ.
ގުޅުންހުރި
ހުޅުމާލެ
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
ޗަކްނޮރިސް
މާރާމާރީ ޔޯ ސަރުކާރޫ އަޑުއިވޭތޯ
އެންމެފަސް
މޫސުން ގޯސްވެ އަށް އަތޮޅަކަށް ވައިޓް އެލާޓް ނެރެފި
1 ގަޑިއިރު ކުރިން
ބަންގީގެ އަޑު މަޑުކުރަން ސިޓީ ކައުންސިލުން ނާންގަން: ޝިފާ
1 ގަޑިއިރު ކުރިން
ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި
2 ގަޑިއިރު ކުރިން
ނިކް ބޮލީވުޑަށް ތައާރަފުވަނީ
3 ގަޑިއިރު ކުރިން
ފުލުހުންގެ ބަންދުގައި ހުއްޓާ ފިލި މީހާ ހޯދައިފި
4 ގަޑިއިރު ކުރިން