Dhe aharuge kuhjehge magooboolukan inthihaaah boduve aasoahukuruvanee
image
ތައިމޫރު ފޮޓޯޖެހި ކުކީސްތައް---
0 ކޮމެންޓް
 

ދެ އަހަރުގެ ކުއްޖެއްގެ މަގޫބޫލުކަން އިންތިހާއަށް ބޮޑުވެ އާސޯހު ކުރުވަނީ

ދެ އަހަރުގެ އެ ތުއްތު ކުއްޖާ އާ ވައްތަރުގެ ބުދެއް ވެސް ވަނީ ހަދާފަ އެވެ. އެ ކުއްޖާގެ ކޮންމެ ފިޔަވަަޅަކަށް ޕަޕަރާޒީން ދަނީ ފާރަލަމުންނެވެ. މީޑިއާގެ ލޯ ވަނީ އެ ތުއްތު ކުއްޖާއަށް ހުއްޓިފައެވެ. މީހުންގެ ސަމާލުކަން އިންތިހާއަށް އެކުއްޖާ ހޯދައިފި އެވެ. އެ އުމުރުގެ ކުއްޖަކު ނުހޯދާވަރުގެ ސަޕޯޓެއް އެކުއްޖާ އަށް ލިބިފައިވާއިރު، އަނެއްކާ ވެސްވަނީ އާ ކަމެއް ތައާރަފްކޮށްފައެވެ. މިއީ އެ އުމުރުގެ ކުއްޖަކަށް ދަތުރު ނުކުރެވޭ ހިސާބަކަށް ވެދާނެ އެވެ.
މި ދައްކަން އުޅެނީ ބޮލީވުޑުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އަދި ހޯދަމުން އަންނަ ސައިފް އަލީ ހާން އާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރުގެ ހުރި ހަމައެކަނި ފިރިހެން ކުޑަ ދަރިފުޅުގެ ވާހަކަ އެވެ. އެއީ އެންމެ ދެ އަހަރުގެ ތައިމޫރު އަލީ ހާނާ އެވެ. އެކުއްޖާގެ އުމުރުން އެންމެ ދެ އަހަރުގައި މިހާރުވަނީ މެދު އުޑުގައި ފިޔަ ޖަހަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން އެ ކުއްޖާގެ ކޮންމެ ފިޔަވަޅަކަށް މީޑިއާގެ ލޯތައް ހުއްޓެއެވެ. ޕަޕަރާޒީން ދަނީ އެ ކުއްޖާގެ ހަރަކާތްތަކަށް ފާރަލަމުންނެވެ. އިންތިހާއަށް މަޝްހުރުކަން ހޯދަމުން އަންނަ އެ ކުއްޖާ އާ ވައްތަރު ބުދެއް ހެދިތާ މާ ގިނަ ދުވަހެއްނުވަނީސް މިހާރުވާނީ އަނެއްކާ އާ ކަމެއް ކޮށްފައެވެ. އެންމެ ފަހު އަނެއްކާވެސް ބަޔަކު ތައިމޫރުގެ ފޮޓޯޖެހި ކުކީސްތަކެއް ހަދާ ބާޒާރަށް ނެރެފައެވެ.

ތައިމޫރުގެ ފޮޓޯޖެހި ކުކީސްތަކެއް ހަދާ ބާޒާރަށް ނެރެފައިވާއިރު އެ ކުއްޖާގެ މަގުބޫލުކަން އިންތިހާއަށް ދަނީ އިތުރުވަމުންނެވެ. އޭނާގެ ދިރިއުޅުމުގެ ކަންކަން ބަލަން ބޭނުންވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މުޅި އިންޑިއާގައި ތައިމޫރު އާ ގުޅޭގޮތުން ދަނީ ވާހަކަ ދައްކަމުންމެވެ. އެންމެ ހަރަކާތްތެރި ތަރިންނަށް ދޫނުކުރާ ވަރަށް ތައިމޫރުގެ މަޝްހޫރުކަމާއި މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ.

އުމުރުން ދެ އަހަރުގެ ތައިމޫރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ. އެގޮތުން ތައިމޫރާ ވައްތަރު ބުދެއް ވިއްކަން މީގެ ކުރިން ފަށާއިވާއިރު އޭގެ ފަހުން ތައިމޫރުގެ ނަމުގައި ފިލްމެއް ވެސް ހަދަން ވަނީ ނިންމާފައެވެ.

މިހާރު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ ސޯޝަލް މީޑިއާގައި އާންމު ވަމުން އަންނަ ތައިމޫރުގެ ފޮޓޯ ޖެހި ކުކީސް ތަކަކަށެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެކުކީސް އަކީ ތައިމޫރުގެ ސަޕޯޓަރުންނަށް ހާއްސަކޮށް ހަދާފައިވާ ކްކީސް ތަކެއް ކަމަށެވެ. އަދި އެކުކީސް ތަކުގެ ޑިމާންޑު ވަރަށް ބޮޑު ކަމަށްވެސް އިންޑިއާގެ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު މިހާރު ތިބީ ކަރީނާ އަދި ސައިފު ބުނާގެ އެއްޗެއްގެ އިންތިޒާރުގައެވެ. ސައިފާއި ކަރީނާ އާ އެއް ފަދައިން ތައިމޫރަށް ވެސް ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު އޭނާގެ ސަލާމަތީ ކަންކަމާއި ކަރީނާ އާއި ސައިފު ވަރަށް ކަންބޮޑުވާ ކަމަށް އެމީހުން ވަނީ ބުނެފައެވެ.
ހިޔާލު