Furathama quater gai emme bodu aamdhanee eh STO ah
image
އެސްޓީއޯ ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު އާމްދަނީއެއް އެސްޓީއޯ އަށް

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުންފުންޏަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ކަމަށް ފިނޭންސް މިނިސްޓްރީ އިން އާއްމު ކުރި ފުރަތަމަ ކުއާޓަރުގެ ކުންފުނިތަކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެސްޓީއޯ އަށް 2.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 119 މިލިއަންގެ ކުރިއެރުމުކެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އަށެވެ.

އެމްއޭސީއެލް އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެންމެ ބޮޑު ފައިދާ އެއް ލިބިފައިވާ ކުންފުންޏަކީ އެމްއޭސީއެލް ކަމަށް ވާއިރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 572 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

-- ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ލިބުނު ފައިދާ

ޖުމްލަ ގޮތެއްގައި ސަރުކާރުގެ ކުންފުނިތަކަށް ފުރަތަމަ ކުއާޓާރުގައި 1.5 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.
ހިޔާލު