EC ge memberu kamah kurimathi lumah hulhuvaalaifi
image
އީސީގެ މެންބަރުން--
0 ކޮމެންޓް
 

އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 02:00 އާ ހަމައަށް އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ ނާއިބު ރައީސް ކަމުގައި ހުންނެވި އަމްޖަދު މުސްތަފާގެ މެންބަރު ކަމުގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހަށް ހަމަވާތީ އެވެ.

މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފާއި ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ އަދި ކޮމިޝަނުގެ ތިން މެންބަރުން ކަމަށްވާ އިސްމާއިލް ހަބީބާއި އަހުމަދު އަކުރަމުގެ އިތުރުން އަލީ ނަޝާތު އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
އީސީ ރައީސް އޮފީސް
ހިޔާލު