Mariculture sinaaaiy feshumah thamreen program eh hingaifi
image
ލ. އަތޮޅުގައި ކުރިޔަށް ދިޔަ ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މެރިކަލްޗާ ސިނާއަތް ތައާރަފް ކުރުމަށް ތަމްރީން ޕްރޮގްރާމެއް ތިން ރަށެއްގައި ހިންގައިފި

ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތައާރަފްކޮށް ތަރައްގީ ކުރުމަށް މަގުފަހިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ލ. އަތޮޅު ކަލައިދޫ އާއި އިސްދޫ އަދި ދަނބިދޫ ގައި ފައިނޭންޝަލް އަދި މާކެޓިން ތަމްރީން ޕްރޮގްރާމަކާއި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަން ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފި އެވެ.
އެއީ މެރިކަލްޗާ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ.

އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ ލޯނު އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ އެ މަޝްރޫއަކީ ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތައާރަފްކޮށް ތަރައްގީ ކުރުމަށް މަގުފަހިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން އޮގަސްޓް އަދި ސެޕްޓެމްބަރު މަހު ކަލައިދޫ އާއި އިސްދޫ އަދި ދަނބިދޫ ގައި ވަނީ އަމަލީ ގޮތެއްގައި ދަނޑުވެރިކަމުގެ ދާއިރާގައި ޝާމިލްވާ ބޭފުޅުންނާއި އަލަށް މި ދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށެވެ.

އަދި އަތޮޅު ވެއްޓެއްގައި ދަނޑުވެރިކަން ކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތަކާއި، އެކަމަށް ދެވޭ ބޭސްފަރުވާ އާއި ގުޅޭ ގޮތުން ވެސް ތަމްރީން ދެވިފައި ވެއެވެ.

އެ ޕްރޮގްރާމްގައި އިސްދޫއިން 40 ބޭފުޅުންނާއި ދަނބިދޫއިން 20 ބޭފުޅުން އަދި ކަލައިދޫއިން 18 ބޭފުޅުންނާއެކު ޖުމްލަ 79 ބޭފުޅުން ތަމްރީން ކުރެވިފައި ވެއެވެ.

ހަމަ އެހެންމެ އެ މަޝްރޫއުގެ ދަށުން އެ އަތޮޅުގެ ތިން ސަރަހައްދެއްގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.
ފިޝަރީޒް
ހިޔާލު