Indian idol ini maguboolu kan hoadhi Mohit ah dhariaku libijje
image
މޯހިތު--
0 ކޮމެންޓް
 

"އިންޑިއަން އައިޑަލް" އިން މަގުބޫލުކަން ހޯދި މޯހިތު އަށް ދަރިއަކު ލިބިއްޖެ

"އިންޑިއަން އައިޑަލް" އިން މަގުބޫލުކަން ހޯދި މޯހިތު ޗޯޕްރާއަށް ދަރިއަކު ލިބިއްޖެ އެވެ.
އިންސްޓަގުރާމު މެދުވެރިކޮށް މޯހިތު އޭނާއަށް ދަރިއަކު ލިބުނުކަން އަންގާފައި ވާއިރު އޭނާއަށް ލިބިފައި ވަނީ އަންހެން ކުއްޖެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި ދަރިފުޅުގެ އަތް ތިލަ ފެންނަ ފޮޓޯއެއް ވެސް އޭނާ ވަނީ ހިއްސާކޮށްފަ އެވެ.


މިހާރު ގިނަ ބަޔަކު ތިބީ މޯހިތު އޭނާގެ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް އަދި ދަރިފުޅަށް ކިޔާނެ ނަން ބުނާނެ އިރެއްގެ އިންތިޒާރުގަ އެވެ.

މޯހިތު ބައިވެރިވެފައި ވަނީ "އިންޑިއަން އައިޑަލް" ގެ ނުވަވަނަ ސީޒަންގަ އެވެ. އޭނާ ވަނީ ރީތި އަޑުން ގިނަ ބައެއްގެ ހިތް ކަތިލާފަ އެވެ. މޯހިތު ވަނީ ބޮލީވުޑުގެ ގިނަ ލަވަތަކެއް ކިޔާފަ އެވެ.
ހިޔާލު