Thuthuhthu kuhjaa maruvee ehves baehge ihumaalakun noon: aailaa
image
އެމްއެންޑީއެފްގެ ހެލިކޮޕްޓަރު: ފައިލް ފޮޓޯ އަވަސް
4 ކޮމެންޓް
 

ތުއްތު ކުއްޖާ މަރުވީ އެއްވެސް ބައެއްގެ އިހުމާލަކުން ނޫން: އާއިލާ

ފުވައްމުލަކު ސިޓީގައި ދުވަސް ނުފުރާ ކުއްޖަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ގެންނަނިކޮށް މަރުވީ އެއްވެސް ބައެއްގެ އިހުމާލުން ނޫންކަމަށް އެ ކުއްޖާގެ އާއިލާއިން ހާމަކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ހަބަރުފަތުރާފައިވާގޮތުން މިރޭ ސިފައިންގެ ހެލިކޮޕްޓަރުގައި ގެންނަނިކޮށް ތުއްތުކުއްޖާ މަރުވީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ތެޔޮއެޅުމަށް ލ. ކައްދޫގައި މަޑުކޮށް އެތައް އިރަކު މަޑުކޮށްފައިވެއެވެ.

ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ހެލިކޮޕްޓަރު ލ. އަތޮޅުގައި ޖެއްސީ އެ ކުއްޖާގެ ހާލު ސީރިއަސް ވުމުންނެވެ.

ސީއެންއެމްއާއި ވާހަކަ ދައްކަމުން ތުއްތު ކުއްޖާގެ އާއިލާ މެންބަރަކު ބުނީ އެ ކުއްޖާ މަރުވީ "އެއްވެސް މީހެއްގެ އިހުމާލުން ނޫން" ކަމަށެވެ.

"އެއީ ތަގުދީރުގައި އޮތްގޮތް. އެއްވެސް މީހެއްގެ އިހުމާލުން ވީކަމެއްކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ސީއެންއެމްއާ ވާހަކަ ދައްކަމުން އާއިލާ މެންބަރު ބުންޏެވެ.

ފުވައްމުލަކަކީ 8000 މީހުންނަށް ބޮޑު އާބާދީއެއް އޮންނަ ސިޓީއެކެވެ. އެހެން ނަމަވެސް އެ ސިޓީގެ ހޮސްޕިޓަލުގައި ދުވަސްނުފުރާ ވިހާ ކުޑަކުދިންނާއި، ވިހައިގެން ހާލުދެރަވާ ކުދިން ލާން ހާއްސަ ނާސަރީއެއް ނުހުރެއެވެ.

ވިހާކުދިން އިތުރު ފަރުވާ ހޯދަންޖެހިއްޖެނަމަ ޖެހެނީ މާލެ ގެންނާށެވެ.
މަރު އެމްއެންޑީއެފް
ހިޔާލު

ހުސަ އިން

މާލޭގަ އި ތިބެ ކިޔަވަ އިގެން ރަށަަ އް ގޮސް ޙިދްމަތް ކުރާނަމަ މާލޭގަ އި ވަޒަން ވެރި ވާކަށް ނުޖެހޭނެ

ކަލޯ

އެއީ ރަށުގަ މިހާރު އުޅޭވަރު

ސްމޭޝް/ފުވައް،މުލައް

ފުވައްމުަލއް ސިޓީ އަކީ 8000 އެއް ޏުން 13000 އަށް ވުރެ އާބާދީ ބޮދު ސިޓީއެއް. ރަނގަޅުކޮށްލައްވާ1

އަޚް

ރާއްޖެތެރޭ މީހުން މާލޭގައި ވަޒަންވެރިވާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅު ޞިއްހީ ޚިދުމަތް ރާއްޖެތެރެއިން ލިބެން ނެތުން.