Gina baehge samaalukah Shah ge mi photo ah
image
ޝާހު--
0 ކޮމެންޓް
 

ގިނަ ބައެއްގެ ސަމާލުކަން ޝާހުގެ މި ފޮޓޯއަށް

ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ޝާހުރުކް ހާންގެ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ޝާހު ހިއްސާކުރި ފޮޓޯއިން އޭނާ ފެނިގެން ދަނީ ނޫކުލައިގެ ޖެކެޓެއް ލައިގެން ހުރި މަންޒަރެވެ. ޝާހު އެ ފޮޓޯގައި މައްޗައް ބަލަން ހުރިއިރު އޭނާ ބުނީ އެ ފޮޓޯ ޕޯސްޓު ކުރީ އާ ފިލްޓާއެއް ޓެސްޓުކޮށްލުމަށް ކަމަށެވެ.

ގިނަ ބަޔަކަށް އެ ފޮޓޯ ކަމުގޮސްފައި ވާއިރު ގިނަ ބަޔަކު އެ ފޮޓޯއަށް ވަނީ ކޮމެންޓު ވެސް ކޮށްފަ އެވެ.


މިހާރު ގިނަ ބަޔަކު ތިބީ ޝާހު އޭނާގެ ކުރިއަށް އޮތް ފިލްމު އިއުލާނު ކުރާނެ އިރެއްގެ އިންތިޒާރުގަ އެވެ. ޝާހުގެ އުފަން ދުވަހު އޭނާ ވަނީ އަންނަ އަހަރު ފިލްމަކުން ފެނިގެން ދާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދީފަ އެވެ. ނަމަވެސް އެއީ ކޮން ފިލްމަކުން ކަމެއް ބުނެފައެއް ނުވެ އެވެ.

ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ "ޒީރޯ" އިންނެވެ. އެ ފިލްމުގައި ޝާހު ފެނިގެން ދިޔައީ ކުރު މީހެއް (ޑުވޯފް) އެއްގެ ރޯލުންނެވެ.

ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ ޝާހު ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ" އާއި "މޭއިން ހޫ ނާ" އަދި "ރާ ވަން" އާއި "ކަލް ހޯ ނާ ހޯ" އާއި "ޕަރްދޭސީ" އާއި "ޖަބް ތަކް ހޭ ޖާން" އާއި "ޑޯން" އަދި "ކަރަން އަރުޖުން" ހިމެނެ އެވެ.
ހިޔާލު